ހިޖާޒުގައި އެންމެ ފުރަތަމަ ކަރަންޓު ދިނީ ކޮން އިމާރާތަކަށް ކަން އެނގޭތަ؟

ހިޖާޒުކަރައިގައި އެންމެ ފުރަތަމަ ކަރަންޓު ދިން އިމާރާތަކީ މަސްޖިދުއް ނަބަވީއެވެ. ހިޖާޒު ކަރައަކީ މިހާރުގެ ސައުދީ އަރަބިއްޔާގެ ބޮޑު ބަޔަކާއި، އަދި ގަލްފުގެ ޤައުމުތަކެވެ. އޭރު ހިޖާޒުގައި ވެރިކަން ކުރަމުން ދިޔައީ އުސްމާނީ ހިލާފަތުންނެވެ. މިގޮތުން އޭރު އުސްމާނީ ހިލާފަތުގެ ބައެއް ތަންތަނަށް ކަރަންޓު ލިބެމުން ދިޔައިރު، މަސްޖިދުއް ނަބަވީއަށް ކަރަންޓު ދޭން ނިންމެވީ ސުލްތާން އަބްދުލް މާޖިދެވެ. އެންމެ ފުރަތަމަ މަސްޖިދުއް ނަބަވީގައި ހަރުކުރެވުނީ ކަރަންޓުން ދިއްލޭ ބޮއްކެކެވެ. މި ބޮކި ހަރުކުރެވުނީ ހިޖުރައިން 1326 ވަނަ އަހަރު ގެ ޝައުބާން މަހުގެ 25 ވަނަދުވަހުގައެވެ. އެ ބޮކި ހަރުކޮށްދެއްވީ ސުލްތާން އަބްދުލް މާޖިދެވެ. އޭގެ ކުރިން އެ މިސްކިތުގައި މުޅިންވެސް ބޭނުން ކުރަމުން ދިޔައީ ތެޔޮ އަޅައިގެން ދިއްލޭ ބައްތިތަކެވެ. ސުލްތާން އަބްދުލް މާޖިދު މީގެ 100 އަށްވުރެ ގިނަ އަހަރުކުރިން ހަރުކުރި ބޮކި އަދިވެސް އެ މިސްކިތުގައި ފެންނަން އެބައޮތެވެ. ފަހުން އުސްމާނީ ހިލާފަތުގެ އަތްދަށުން މަދީނާ، މިހާރުގެ ސައުދީ އަރަބިއްޔާގެ ވެރިކަންކުރާ އާއިލާގެ އަތްދަށަށް ދިޔައެވެ. އަދި ސައުދީ އަރަބިއްޔާގެ ފުރަތަމަ ރަސްގެފާން، ސުލްތާން އަބްދުލް އަޒީޒުގެ ވެރިކަމުގައިވެސް މަސްޖިދުއް ނަބަވީގައި އިތުރު ބޮކިތައް ހަރުކޮށް ކަރަންޓު ދޭނެ އިންޖީނެއް މިސްކިތާއި ކައިރީގައި ބެހެއްޓުނެވެ. ބައެއް ތާރީހީ އިލްމުވެރިން ވިދާޅުވާ ގޮތުގައި، މަސްޖިދުއް ނަބަވީގައި އެންމެ ފުރަތަމަ ބައްތިއެއް ދިއްލާފައިވަނީ މުސްލިމުންގެ ދެވަނަ ހަލީފާ އުމަރު ބިން ހައްތާބެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
50 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޗާލީ 13
ހިޖާޒު ކަރައަކީ މިހާރުގެ ސައުދީ އަރަބިއްޔާގެ ބޮޑު ބަޔަކާއި، އަދި ގަލްފުގެ ޤައުމުތަކެވެ. އޭރު ހިޖާޒުގައި ވެރިކަން ކުރަމުން ދިޔައީ އުސްމާނީ ހިލާފަތުންނެވެ. މިގޮތުން އޭރު އުސްމާނީ ހިލާފަތުގެ ބައެއް ތަންތަނަށް ކަރަންޓު ލިބެމުން ދިޔައިރު، މަސްޖިދުއް ނަބަވީއަށް ކަރަންޓު ދޭން ނިންމެވީ ސުލްތާން އަބްދުލް މާޖިދެވެ..... ހެހެހެ ދެން ސުރުޚީ ކިޔާބަލަ
REPLY
ޢަހްމަދު
ޗާލީއަށް ނޭގުނުދޯ ، އުސްމާނީ ވެރިކަން އޮތީ ތުރުކީގަ ، އެއީ ހިޖާޒްކަރައެއްނޫން
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ