ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ގެއްލުނު މައްސަލައިގެ ތަހުޤީގު އެކަށީގެންވާ ގޮތައް ނުހިނގާކަމަށް ވިދާޅުވެ، މަރުކޮމިޝަނުން އެ މައްސަލަ ތަހުޤީގު ކުރުމަށް ޝިމާ ނިސްބަތްވާ ދާއިރާ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގޮވާލައްވައިފި އެވެ.
ލ. ފޮނަދޫ އިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަތުރުފެށިފަހުން ޚަބަރެއްނުވެ ލ. މާމެންދޫއަށް އުފަން 19އ. އައިމިނަތު ޝިމާ ވަނީ ގެއްލިފައެވެ.
ޝިމާ ގެއްލުނުތާ މިއަދަށް އަހަރުވެގެން ގޮސްފައިވާއިރު، މި މައްސަލައިގައޮ އެކަށީގެންވާ ގޮތައް ތަހުޤީގު ނުހިނގާކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވި އެވެ. އަދި ތަހުޤީގުގެ މައުލޫމާތު އާއިލާއަށް އެކަށީގެންވާ މިންވަރަށް ދެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެ، މަރު ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝމާގެ މައްސަލަ ތަހުޤީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް މެންބަރު ސިރާޖު ވިދާޅުވި އެވެ.
ޝިމާ ދަތުރު ކުރީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލް އާއި އެކުގައެވެ. ނަމަވެސް ޑިންގީ ބަންޑުން ޖަހާލި ހާދިސާއަށްފަހު ފަތާފައި ކަރީގައި އޮތް ރިސޯޓް ސިކްސްސެންސަސް އަށް އެރީ، ޝިމާ ސަލާމަތްކުރެވޭނެ ގޮތެއްނުވެގެން، އަދި ފަހުން އޭނާގެ ހަބަރެއް ނުވުމުން ކަމަށް ފަޒީލް ބުނެ އެވެ. ފަޒީލް ވަނީ ފަތަން ނޭންގުނަސް ޝިމާ ވަރަށް ހިތްވަރުކުރި ކަމަށްބުނެފައެވެ.
މި މައްސަލަ ފުލުހުންވެސް ވަނީ ތަހުގީގުކޮށްފަ އެވެ. ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، ކަނޑުގެ ސަރަހައްދު ބެލިބެލުމުން މިއަދާއި ހަމައަށްވެސް އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ފެނިފައިނުވާކަމަށެވެ. އަދި އެހާދިސާއާއި ގުޅިގެން ފަޒީލް ދައްކާ ވާހަކަ ދިމާނުވާ ކަމަށާއި، ނަމަވެސް ޝިމާ ގެއްލުވާލީ ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަސް ފުލުހުން ބުނެ އެވެ.
ޝިމާ ގެއްލުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝިމާގެ އާއިލާ އާއި ބައްދަލުކުރައްވާފަ އެވެ.
ޝިމާގެ މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ކުރިއަށް ނުގެންދާކަމަށްބުނެ ޝިމާގެ އާއިލާ އާއި އެކުވެރިން ދަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ގޮވާލަމުން ނެވެ.
ޝިމާ ގެއްލުނު މައްސަލަ ތަހުގީގުކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ