މަގޫދޫގައި ގާއިމްކޮށްްފައިވާ ސޯލަރ ކަރަންޓު ފެނަކައިން ގަންނަނީ

އިޓަލީގެ މިލާނޯ ޔުނިވަރސިޓީ މެދުވެރިކޮށްގެން ފ. މަގޫދޫގައި ގާއިމްކޮށްފައިވާ ސޯލަރ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ފެނަކަ ކޯޕަރޭޝަން އިން ގަތުމަށް ނިންމާފިއެވެ.
މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ. އަދި މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިްލގެ ރައީސް އަބްދުﷲ ވަޙީދެވެ.
ފެނަަކަ އިން ބުނީ، މިއީ ރަށު ކައުންސިލްއަކާއި އެކު ޔުޓިލިޓީ ކުންފުންޔަކާއި ދެމެދު ސޮއި ކުރެވިގެން ދިޔަ މިކަހަލަ ފުރަތަމަ ޕަވަރ ޕާރޗޭސް އެއްބަސްވުން ކަމުގައި ވާއިރު މިއީ މިއިދާރާއިން ސޮއިކުރެވިގެން ދިޔަ ފުރަތަމަ ޕަވަރ ޕާރޗޭސް އެއްބަސް ވުން ކަމަށެވެ.
ފެނަކަ އިން ބުނޫ، ޔޫޓިލިޓީ ނޫން އެހެން ފަރާތްތަކުންވެސް މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް، އިޔާދަކުރެނިވި ހަކަތައިން އުފައްދާކަރަންޓު ގަތުމަށް ފެނަކައިންވެސް ތައްޔާރަށް އޮތްކަމަށެވެ.
މި އެއްބަސްވުމާއިއެކު ފެނަކައިން އުފައްދާ ކަރަންޓުގެ ބައެއް މި ސޯލަރ ނިޒާމުން ލިބޭ ކަރަންޓުގެ ގޮތުގައި ބޭނުންކުރެވިގެން ދާނޭތީވެ ފެނަކައިގެ ތެލުގެ ހަރަދު ކުޑަވެގެން ދާނޭކަމަށްވެސް ފެނަކަ އިން ބުންޏެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ފެނަކައިން ގަންނަ ކަރަންޓުގެ މަންފާ ލިބިގެން ދާނީ މަގޫދޫ ކައުންސިލަށެވެ.
މި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުގެ ސައިޒަކީ 30 ކިލޯވޮޓް ޕީކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ