ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ، މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރިޕޯޓާ ބެހޭގޮތުން އެ ކޮމިޝަންގެ ޖަލްސާގައި މިއަދު މަޝްވަރާ ކުރުމަށް ފަހު، އެކަމުގައި ބައިވެރިވެ ވަޑައިގަތް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމާފައިވާ ކަމަށެވެ.
އަދި އެގޮތަށް ނިންމުމުގައި، ޝަރުއީ ދާއިރާއާބެހޭ ގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރިގްލާ ދާދިފަހުން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ބަލަން ނިންމާފައި ވަނީ އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެކެވެ. އެއީ ކޮން ފަނޑިޔާރުުންތަކަކާއި ގުޅޭ މައްސަލައެއްކަން ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން އެހެން ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއީ ޏ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ މައްސަލަ އަކާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ދެ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ