ވައިކަރަދޫގައި ކަރަންޓު އަގުބޮޑުކުރުމަށް ނިންމުމާ ގުޅިގެން އެ ރަށު ބަޔަކު ނުކުމެ މުޒާހަރާކޮށްފި

އަލީ ވާފިރު
ހދ. ވައިކަރަދޫގެ އިންޖީނުގެ ހިންގަމުންދާ "ވިނަރެސް" ޖަމިއްޔާ އިން ކަރަންޓު ފީގެ އަގު ބޮޑުކުރުމަށް ނިންމުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެ ރަށު ބަޔަކު ނުކުމެ ވައިކަރަދޫ ކައުންސިލްގެ އިދާރާ ކުރިމަތީގައި ރޭ މުޒާހަރާކޮށްފި އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހްމަދު ވަހީދު މިއަދު ވިދާޅުވީ، ރޭ 8:30 ގައި ވައިކަރަދޫ ކައުންސިލް އިދާރާގެ ކުރިމައްޗަށް ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ އަޑުއުފުލައިފައި ވަނީ ކަރަންޓުގެ އަގު އަތްނުފޯރާ ފަށަށް ބޮޑުވެފައިވާ ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކަމަށެވެ.
ދެހާސް ނުވައަކުން ފެށިގެން މި މަހުގެ ނިޔަލަށް ކަރަންޓު ޔުނިޓަކަށް ނަގަމުންދިޔައީ 2.5ރ. އާއި 4.5ރ. އާ ދެމެދުގެ އަދަދެއް ކަމަށްވީ ނަމަވެސް، މާދަމާ އިން ފެށިގެން ޔުނިޓަކުން 5ރ. ނެގުމަށް އިންޖީނުގެ ހިންގާ ޖަމިއްޔާ އިން ނިންމައިފައިވާ ކަމަށް ވައިކަރަދޫ ކައުންސިލުން ބުންޏެވެ.
"ރައްޔިތުން އެދިލެއްވި ގޮތަށް އަޅުގަނޑުމެން މިހާރުވާނީ ވިނަރެސް ޖަމްއިއްޔާއާ ވާހަކަ ދައްކައިފައި. އަދި އެކަމަށް ހައްލެއް ހޯދޭތޯ މިހާރު މިދަނީ މަސައްކަތް ކުރަމުން. އެބޭފުޅުން ވިދާޅުވީ ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެކަމަށް. ނަމަވެސް އަދި އެއްވެސް ޖަވާބެއް ނުލިބޭ. ވިނަރެއް ޖަމްއިއްޔާގެ އިސް ބޭފުޅުން އުޅުއްވަނީ މާލޭގައި. ވީހާވެސް އަވަހަށް މިކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރާނަން،" ވައިކަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ހދ. އަތޮޅު ކައުންސިލްގެ މެމްބަރު ހަސަން ރަޝީދު ވިދާޅުވީ، ވިނަރެސް ޖަމްއިއްޔާ އިން ކަރަންޓުގެ ހިދުމަތްދެނީ ވަރަށް ދަށްފެންވަރެއްގައި ކަމަށެވެ. އެގޮތުން އެ ޖަމިއްޔާ އިން ބޮޑު އަގެއްގައި ކަރަށްޓްގެ ހިދުމަތް ދެމުންދާއިރު، ރަށުގެ ބައެއް ސަރަހައްދުތަކަށް ކަރަށްޓް ކޭބަލް އަޅާފައިވަނީ މަތިން ކަމަށާއި، ބައެއް ސަރަޙައްދުތަކުގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައިވާ ފޮށިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ފައިސާ އިން ފެށިކަމެއް އެ އިންޖީނުގެއަކީ. ރައްޔިތުން އެމީހުންނާ އެތަން ހަވާލުކުރީ ރައްޔިތުންނަށް ފައިދާ ވާގޮތެއްގައި އެތަން ހިންގައި ދިނުމަށް. އެތަނުގައި ހުރި އިންޖީނުތަކަކީ ވެސް ހަމަ ރައްޔިތުންގެ އެއްޗެހި. އެތަނުން އެއް އިންޖީނަކީ ރައްޔިތުންނާއި ސަރުކާރުގެ މަސައްކަތުން ޖަޕާނު ސަރުކާރުން ރައްޔިތުންނަށް ހަދިޔާކޮށްފައި ހުރި އިންޖީނެއް. އަނެއް އިންޖީނަކީ ދިވެހި ސަރުކާރުން ހަދިޔާ ކޮށްފައި ހުރި އިންޖީނެއް. އެކަމަކު އެމީހުން ބޭނުންހާ އަގެއްގައި ރައްޔިތުންނަށް ކަރަންޓް ދެމުން އެދަނީ. އަނެއްކާ އެމީހުންނަކީ އެނާޖީ އޮތޯރިޓީގެ ގާނޫނަކަށް ވެސް ތަބާވާ ބައެއް ނޫން. އެތަނުގެ ހާލަތު އެހާދަށް. ކޭބަލްތައް ވެސް ދަމައިފައި ހުންނަނީ މަތިން. މަގު ހުރަހަށް ވެސް އެބަހުރި. ފޮށިތައް ވެސް ހުރީ ހަލާކުވެފައި." ހަސަން ރަޝީދު ވިދާޅުވި އެވެ.
ވައިކަރަދޫ ކައުންސިލުން ބުނީ، ރޭ އަޑުއުފުލި މީހުން އެއްވުން ނިންމައިލައިފައި ވަނީ ކައުންސިލް މެމްބަރުން އެމީހުންނާ ބައްދަލުކޮށް، ސަރުކާރު ހުޅުވުމުން ވަކި ޖަވާބެއްދޭނެ ކަމަށް އެންގުމުން ކަމަށެވެ. ނަމަވެސް، އެ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ ސިލްސިލާ އެއްވުންތައް ބާއްވާނެކަމުގެ އިންޒާރު އެމީހުން ދީފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ