އުނގޫފާރު ދާއިރާގެ ބައިލެކްޝަނުގައި އެމްޑީޕީން ވާދަކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ބާއްވާ ބައިއިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އެ ޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންފައި ވާދަ ކުރައްވަން އެމްޑީޕީގެ ޓިކެޓް ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް މިހާރު އެމްޑީޕީގެ އޮފީހާއި ޕާޓީގެ ރަސްމީ ވެބްސައިޓުން ލިބޭނެ ކަމަށެވެ. ކަމަށާއި އެ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށެވެ.
ބައިއިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ކުރުމަތިލައްވާ ކެންޑިޑޭޓަކު ކަނޑައަޅާނީ ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ އޮކްޓޫބަރު 13، 21012 އިގަ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އޮންނަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވެވި އަފްރާޝީމް އަލީ ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމުން ބުނެފައި ވަނީ އެ ބައި އިލެކްޝަނުގައި އެޕާޓީން ވާދަ ކުރައްވާނީ އަފްރާޝީމްގެ އާއިލާގެ ބޭފުޅެއް ކަމަށެވެ. ޕީޕީއެމާއި އެމްޑީޕީން އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާއިރު އެހެން ޕާޓީއަކުން އަދި އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ