ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ހާމަކޮށްފި އެވެ.
އައިޕީޔޫއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރުމަކީ މަޖިލީހުގެ މެންޑޭޓުގެ ތެރެއަށް ސްޕްރީމް ކޯޓް ވަނުން ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަހީދު ދައުރު ހަމަވުމަށް ފަހުގައި ވެސް ރައީސް ކަމުގައި ހުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ފުށުއަރާ ނިންމުމެއް ކަމަށް ވެސް އައިޕީޔޫއިން ވަނީ ބުނެފައެވެ.
އަދި ރިޔާސީ އިންތިހާބަށް ތަކުރާރުކޮށް ނުފޫޒު ފޯރުވަމުންދިއުމުގެ އަސަރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ކޮށްފާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ރާއްޖޭގައި ގާނޫނުގެ ހުކުމަށް އިހުތިރާމްކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ.
ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބު އިތުރަށް ފަސް ނުކޮށް ކުރިއަށް ގެންދިއުމަށް ވެސް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ.
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގެންފި - އައިޕީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ