ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ އެންމެން ފިންގަ ޕްރިންޓު ޖަހާ އަލުން ފޯމް ފުރަން ޖެހޭނެ ކަމަށް ބުނެ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ އެޖެންޓު އަބްދުﷲ އަމީން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިއަދު ހަވީރު ކަމަށެވެ.
ޕީޕީއެމުން ބުނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީވާ މީހުންގެ ފިންގަ ޕްރިންޓު ޖަހަން ބުނެފައިވާއިރު މީގެކުރިން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯމުތައް ސައްހަ ނުވާނެ ކަމަށާއި އެންމެން އަލުން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.
މިމަހުގެ ހަތްވަނަ ދުވަހު ސްޕްރީމް ކޯޓުން ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް އަލުން ފުރަތަމަ ބުރު ބާއްވަން ކުރި ޙުކުމުގައި އިންތިޙާބު މިނިވަން އިންސާފުވެރި އިންތިޙާބަކަށް ހެދުމަށްޓަކައި 16 ކަމެއް ކުރުމަށް އަމުރުކޮށްފައި ވެއެވެ.
އެގޮތުން 15 ވަނަ ކަމަކަށް ބުނެފައި ވަނީ ރެޖިސްޓްރީ ކޮއްފައިވާ ފަރާތެއްގެ ނަން އެފަރާތަކަށް ނޭންގި އެހެން ދާއިރާއަކަށް ބަދަލުކުރުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ރެޖިސްޓްރީ ކުރަން އެދޭ މީހާ އާއި ފޯމް ހުށަހަޅާ ފަރާތާއި އެކަމަށް ހެކިދޭ ދެހެކިންގެ ނަމާއި، އެޑްރެހާއި، އައިޑީކާޑް ނަމްބަރާއި، އިންގިލީގެ ނިޝާން ހިމަނާފައިނުވާ އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކުރާކަން ކަށަވަރު ކުރުމަށްޓަކައި ރެޖިސްޓްރޭޝަންއަށް ފަހު ލިސްޓެއް އާންމު ކުރަން ވާނެ ކަމަށެވެ.
“ވޯޓް ލުމަށްޓަކައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ނަން އެފާރާތްތަކަށް އެނގުމަކާއި ނުލާ، އެހެން ދާއިރާއަކަށް ގަވައިދާ ހިލާފަށް ބަދަލު ކުރުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި، ރެޖިސްޓްރީ ކުރަން އަދި އެހެން ފަރާތެއް މެދުވެރިކޮށް ހުށަހަޅާ ފޯމުގައި އެކަމަށް އެދޭ ފަރާތާއި، ފޯމު ހުށަހަޅާ ފަރާތުގެ އިތުރުން އެކަމަށް ހެކިދޭ ދެހެކިންގެ ނަމާއި، އެޑްރެހާއި، އައިޑެންޓީ ކާޑު ނަމްބަރާއި، އިންގިލީގެ ނިޝާން ހިމަނާފައި ނުވާ އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނުން ގަބޫލުނުކޮށް، އެމަށްޗަށް އަމަލުކުރަމުން ހިމެނިފައިނުވާ އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށް، އެ މައްޗަށް އަމަލު ކުރަމުން ނުގެންދާކަން ކަށަވަށު ކުރުމަށްޓަކައި ރެޖިސްޓްރީ ކުރެވުނު ފަރާތްތަކާއި، އެފަރާތްތައް އަލުން ރެޖިސްޓަރީ ކުރެވޭ ދާއިރާ އާއި، ނަމާއި، އެޑްރެހާއި، އައިޑީކާޑް މެންބަރުންނަށް އެނގޭ ގޮތައް ތައްޔާރު ކޮށްފައިވާ ލިސްޓެއް އާންމުކޮށް އިންގޭ ގޮތައް އިއުލާން ކުރުން.” ސްޕްރީމް ކޯޓްގެ ޙުކުމުގައި ވެއެވެ.
ސްޕްރީމް ކޯޓްގެ ޙުކުމުގައި އެހެން ބުނެފައިވީނަމަވެސް އިލެކްޝަނުން ބުނެފައި ވަނީ ކުރިން ރެޖިސްޓްރީ ކޮއްފައިވާ ފަރާތްތައް ވޯޓް ލާތަން ބައްދަލު ނުވާ ނަމަ މިފަހަރު އަލުން ރެޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
ރަޖިސްޓްރޭޝަން މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ