ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު، ސަން ޝިޔާމްގެ ތާއީދު ރައީސް އަބްދުﷲ ޔާމީނަށް ނެތްކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް(އިބޫ) ވިދާޅިވެއްޖެ އެވެ.
ދެވަނަ ދައުރަކަށް ރައީސް ޔާމީނަށް ތާއީދު ނުކުރެއްވުމަށް ޝިޔާމް ނިންމަވާފައިވާކަމަށް އިބޫ މިއަދު ހާމަކުރައްވާފައިމިވަނީ ނ ކުޑަފަރީގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޝިޔާމްގެ ތާއީދު ރައީސް އަބްދުﷲ ޔާމީނަށް ނެތްކަމަށް ވިދާޅުވަމުން އިބޫވަނީ ވީހާވެސް އަވަހަކަށް އިދިކޮޅު ކޯލިޝަނާ ގުޅުމަށް ޝިޔާމަށް ގޮވާލައްވާފައެވެ.
ޝިޔާމްގެ އިތުރުން އެމްޑީއޭގެ ރަސްމީ ބައިވެރިވުމެއްވެސް ރައީސް ޔާމީންގެ ކެމްޕެއިންގައި ނުފެންނަ އިރު ޕީޕީއެމްއާއި ކޯލިޝަން ހެދުމާއި މެދު އެމްޑީއޭއިން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުން ތަކުގައި ޕީޕީއެމާއި ކޯލިޝަން ހެދުމަށް ނިންމާފައެއް ނުވެއެވެ. އަދި އެމްޑީއޭގެ ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުން ގެންދަނީ އިބޫގެ ކެމްޕެއިންގައި ފާޅުގައި ބައިވެރި ވަމުންނެވެ.
މީގެ އިތުރުން މި ސަރުކާރާއި ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ޝިޔާމްގެ ސަން މީޑިއާ ގްރޫޕުން ހިންގަމުން ގެންދިޔަ މީންޑިއާތައްވެސް ކުއްލި ގޮތަކަށް މިމަހު ހުއްޓާލާފައި ވާއިރު ސަރުކާރުންވެސް ވަނީ އެމްޑީއޭއަށް ނިސްބަތްވާ ބޭބޭފުޅުން ވަކިކުރަން ފަށާފައެވެ.
ކުޑަފަރީއަށް އިބޫ މިއަދު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ސަރުކާރުގެ ގިނަ މުވަޒަފުންތަކެއް ވަނީ ފާޅުގައި ނުކުމެފައެވެ.
ރައީސް ޔާމީނަށް މެމްބަރު ޝިޔާމްގެ ތާއީދެއް ނެތް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ