ހަވީރު ކެރީގެ އަސަރުކުރުމުގެ ފުރުސަތު އޮތްނަމަވެސް، ރާއްޖޭގެ ހުރިހާ ސަރަޚައްދަކަށްވެސް މޫސުން ރަގަޅުވާނެ- މެޓް

ހަވީރު ކެރީގެ އަސަރުކުރުމުގެ ފުރުސަތު އޮތްނަމަވެސް، ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަޚައްދަކަށްވެސް މޫސުން ރަގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކޮށް މެޓް އޮހީހުން މައުލޫމާތުދޭ ގޮތުގައި، ވައިޖެހޭނީ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
އަދި އަދި ދެކުނުގެ އަތޮޅުތަކަށް، އާއްމުގޮތެއްގައި މަޑުން، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މެލާ 07 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ.
މެޓް އޮފީހުން މައުލޫމާތުދޭގޮތުގައި ރާއްޖޭގެ ހުރިހާ ސަރަޚައްދެއްގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ