ހެނބަދޫ ބަނދަރު މަޝްރޫއުގެ 93 ޕަސެންޓް ނިމިއްޖެ

ނ. ހެނބަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 93 ޕަސެންޓް ނިމިފައިވާކަމަށް އެ މަަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ޕޭވްމެންޓް ސަރަހައްދުގައި ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ. މީގެތެރެއިން، ޕޭވްމެންޓް ސަރަހައްދުގައި ކޮންކްރީޓް ޖެހުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 12 ޕަސެންޓްވަނީ ނިމިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި 23 މީޓަރު ގްރޯއިން ޖެހުމާއި، 223 މީޓަރު ބޭރު ތޮށްޓެއް ޖެހުމާއި، 86 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 203 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި 11m x 11m ގެ ރޭމްޕެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި، ބަނދަރު ފުން ކުރުމާއި، 4 ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި 11 ލައިޓް ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 26,629,639.27 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ