އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި

އިބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 13 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ފަށައިފި އެވެ.
މިއަދު ފެށުނު މިމުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލްއާއި, އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ބެޑްމިންޓަން އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިމުބާރާތް ކުރިއަށްދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުޅުން ކުރިއަށްދާއިރު، އެ އުމުރުފުރާތަކުގައި ފިރިހެން އަދި އަންހެން ބައި ހިމެނެއެވެ.
14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގައި ދެ ގްރޫޕެއް ހިމެނެއެވެ. މި އުމުރުފުރާގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްުދީން ސްކޫލް، ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލް އަދި އިސްކަންދަރު ސްކޫލް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މ. އަތޮޅު ތައުލީމީ މަރުކަޒާއި، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަދި މޭނާ ސްކޫލް އެވެ.
14 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ބައިގައި ވެސް ދެ ގްރޫޕް ހިމެނެއެވެ. ގްރީޕް އެކެއްގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަދި ލާލޭ އިންޓަރނޭޝަނަލް ސްކޫލް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ބިލަބޮންގް އިންޓަރޭޝަނަލް ހައި ސްކޫލް، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ.
16 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ބ. އަތޮޅު ތައުލީމީ މަރުކަޒު، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މޭނާ ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ލާލޭ އިންޓަރނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކެޔޮދޫ ސްކޫލެވެ.
16 އަހަރުން ދަށުގެ އަންހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްދީން ސްކޫލް އަދި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، ކެޔޮދޫ ސްކޫލް އަދި ހިރިޔާ ސްކޫލް އެވެ.
19 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ގަލޮޅު މަދަރުސާ އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޯރ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަން އަދި މޭނާ ސްކޫލެވެ.
19 އަހަރުން ދަށުގެ އަންހެން ބައިގައި ބައިވެރިވެފައިވަނީ ތިން ޓީމެކެވެ. އެއީ ސެންޓަރ ފޯރ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަނާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 23 އަށް ކުރިއަށްދާ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ