ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރުމަށް މެމްބަރު ގައުމުތަކަށް އީޔޫ އިން ބާރު އަޅަން ފަށައިފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ދަތުރު ކުރާ ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށް "ޓްރެވަލް އެޑްވައިޒަރީ" ނެރުމަށް މެމްބަރު ގައުމުތަކަށް ބާރު އަޅަން ފަށައިފި ކަމަށް "ޓްރެވަލް ޕްލަސް" އިން ބުނެފިއެވެ.
ފަތުރުވެރިންނަށް ޚާއްސަކޮށްގެން ނެރޭ "ޓެރެވަލް ޕްލަސް" ގެ ހަބަރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ސަލާމަތީ ބާރުތަކުން ވައްޓާލާފައިވާކަމާއި، އަދި ރައީސް ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޖަލަށްލާފައިވާކން ފާހަގަކޮށްފައިވެއެވެ.
އެއާއެކު ވެރިރަށް މާލޭގައި މެދުނުކެނޑި މުޒާހަރާތަށް ކުރަމުންދާ ކަމަށާއި، މިފަދަ މުޒާހަރާތަކުގައި މިހާތަނަށް 192 މީހުން ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރައީސް ނަޝީދުގެ ޝަރީއަތް ހިނގައި ދިޔައީ އިންސާފުވެރިކޮށް ނޫންކަމަށް، އދ. ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް އިން ހާމަކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕިއަން ޕާލިމެންޓުން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރުމަށް މެމްބަރު ގައުމުތަކަށް ގޮވާލާ ގަރާރެއް މޭ މަހު ފާސްކުރިކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ހަބަރުގައި އެމެރިކާއިން "ޓްރެވެލް އެލާޓެއް" ވެސް އަދި "ޓްރެވެލް އެޑްވައިޒަރީއެއް" ވެސް ނެރެފައިނުވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކާގެ ފަތުރުވެރިން ވެސް ރާއްޖޭގައި ހިންގާ ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ