ކަރަންޓް ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމަށް ގިނަ ބަޔަކު ކިއޫގައި

ކަރަންޓު ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ކިއުގައި ޖެހިއްޖެއެވެ.
ކަރަންޓު ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ މޭޒުތަކެއް ސޯޝަލް ސެންޓަރާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޭރާއި އަދި ވެލާނާގެ ކައިރީގައި ވަނީ ބަހައްޓާފައެވެ.
ކަރަންޓް ސަބްސިޑީއަށް އެދުމުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާތީ މިއަދު އެ ހުރިހާ ސަރަހައްދެއްގައި ވެސް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.
ސަބްސިޑީއަށް އެދުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި ދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ފޯމް ފުރަން ބޭނުންވާ މިންވަރަށް މައުލޫމާތު ފޯރުކޮށް ދެވިފައިނުވާތީ މާލެއިން ކަރަންޓް ސަބްސިޑީއަށް މިހާތަނަށް އެދިފައި ވަނީ ވަރަށް މަދު ބައެއް ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ