ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭކަން: އިދިކޮޅު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ދިން މެސެޖަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތުން މިނިވަން ކުރުން ކަމަށް އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕްރޮގްރޮސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީއިންތިހާބުގައި މާލެ ސިޓީގެ ނަތީޖާއިންވެސް އެނގިގެން ދިޔައީ މާލޭ ރައްޔިތުން "އަނިޔާވެރިކަމާ ދެކޮޅު" ކަމަށެވެ. އަދި ރައީސް ޔާމީނަށް ކުރަމުންދަނީ "އަނިޔާކަން މާލޭ ރައްޔިތުން ގަބޫލުކުރާކަން އިންތިހާބުން އެނގިގެން ހިނގައްޖެ ކަަމަށް އަދުރޭ ވިދާޅުވި އެވެ."[ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލަން ބޭނުން ރައްޔިތުން ދިން މެސެޖް އަޑުއައްސަވާށޭ. ރައްޔިތުން ގޮތް ނިންމީމަ އެކަން ގަބޫލުކުރައްވާށޭ. މިރޭ މިވަގުތުން ފެށިގެން ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލައި، ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލައްވާށޭ،" އަދުރޭ ވިދާޅުވި އެވެ."ދެން ރައީސް ޔާމީން ޖަލުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް،"މާލޭގައި ވޯޓުލުމުގެ ހައްގު 51،702 މީހުންނަށް ލިބޭއިރު، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަނީ އިންތިހާބުގައި ވޯޓުލާފައިވަނީ 29 ޕަސެންޓް މީހުން ކަމަށެވެ. އެއީ 15،000 މީހުންގެ ވޯޓެވެ. އެމްޑީޕީގެ ބާރު ގަދަ މާލޭގެ މޭޔަރުކަން ހޯދަން އެ ޕާޓީން ވަރުގަދަ ކެމްޕޭނަކާއި އެންޓި ކެމްޕޭނާ ވެސް އެކު ވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ 9،300 އަށްވުރެ ގިނަ ވޯޓާ އެކުގަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް އޭގެ ދެ ގުނައެއްހާ މަދު ވޯޓެވެ.ލޯކަލް ކައުންސިލަށް އެމްޑީޕީން އުންމީދު ދެމުން އައި "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތްތަކުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ ހަތަރު ސިޓީގެ މޭޔަރުކަމާއެކު 1،000 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމެވެ. އެކަމަކު މި ހިސާބު އެހާ ރަނގަޅެއް ނޫނެވެ. އެމްޑީޕީން ދިފާއުކުރަމުން ދިޔަ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ގެއްލުނީ އެވެ. "ރީނދޫ ލަޝްކަރުން" ރަސްކުރަމުން ދިޔަ އައްޑޫ ކައުންސިލްގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލި ގއ. އަދި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް އެމްޑީޕީއަށް ގެއްލުނެވެ.ޔާމީން މިހާރުވެސް ހުންނެވީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.އޭގެ އިތުރުންވެސް އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާ، ޝަރީއަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.މުއިއްޒުގެ ތާރީހީ ކާމިޔާބީއާއެކު އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ "ހުއްޓިފައި" ވަނިކޮށް އަދުރޭ އިތުރަށް ވިދާޅުވީ، އިންތިހާބުން ރައްޔިތުން ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނެފި ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުންދާ ގާނޫނުއަސާސީއާ ހިލާފު ކަންކަމަށްވެސް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށް އަދުރޭ ވިދާޅުވި އެވެ."ރައްޔިތުން ބުނީ މި ގައުމުގައި އެހެން ދީންތަކަށް ފުރުސަތު ދޭން ބޭނުން ނުވެއޭ. ތިމަންނަމެން މި ރާއްޖެ އަޅުގަނޑު އަޅުވެތިކުރަން ބޭނުމެއް ނޫނޭ. ތިމަންނަމެން ބޭނުންވަނީ އަދުލުއިންސާފު ގައިމްކުރަންށޭ. ތިމަންނަމެން ބޭނުމެއް ވަނީ ތަރައްގީއާއެކު ކުރިއަށްދާށޭ،" އަދުރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ