މިމަހުގެ 15ގެ ނިޔަލަށް މަގުމަތި ބެލެހެއްޓުމަށް ފުލުހުން ހާއްސަ މަސައްކަތެއްކުރާނެ!

މިރެއިން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް މަގުމަތި ބެލެހެއްޓުމުގައި ފުލުހުން ހާއްސަ މަސައްކަތެއް ކުރާނެ ކަމަށް އެ ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މިރެއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12 އިން ފެށިގެން 4 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅނަދު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒު ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ މިމަސައްކަތް ކުރެވެމުންދާއިރު އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުން ކުރޭނެ ކަމަށެވެ.
އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންގައި އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ފަރުދީ ހައިސިއްޔަތުން ކުރެވެންހުރި އެންމެހައި ކަންކަން ކުރައްވަމުން ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހއްދުގައި ކާފިއު އިުއލާންކޮށްފައި ވަނީ މިއަދުން ފެށިގެން މިމަހުގެ ފަނަރައަށް ދިހަ ދުވަހުގެ މުއްދަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ