އެލްޖީއޭގެ މެމްބަރު ކަމުން ޝުޖާއު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަނީ

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑު މެމްބަރު ޝުޖާއު ހުސައިން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ގައުމީ ސަލަމަތާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު މެންދުރު ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ޝުޖާއު އެލްޖީއޭގެ މެމްބަރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައި ވަނީ އެ ކޮމެޓީގެ ހަތް މެމްބަރުންގެ ތާއީދާ އެކު އެވެ.
ދެ މެމްބަރަކު ޝުޖާއު ވަކި ކުރުމާ ދެކޮޅަށް ވޯޓު ދީފައި ވާއިރު، މިއަދު ވަނީ ޝުޖާއު ސަސްޕެންޑްވެސް ކޮށްފައެވެ.
ޝުޖާއު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރައްވާފައިވާ ކަންކަން ބެލުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށް އެލްޖީއޭގެ ކޮމިޓީ އަކުން ވަނީ މި މަހުގެ ތެރޭގައި ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ