މާދަމާ ދެ ގަޑިއެއްގައި މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަނީ

މާދަމާ ހެނދުނާއި ހަވީރުގެ ވަގުތެއްގައި ކުޑަ ވަގުތު ކޮޅަކަށް ގަލޮޅާއި ހެންވޭރުން ކަރަންޓުގެ ޚިދުމަތް ކަނޑާލެވޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯއިން) ބުނެފިއެވެ.
އެގޮތުން ކަރަންޓު ކަނޑާލެވޭނީ ހެނދުނު 6:30 އަދި ހަވީރު 4 ޖަހާއިރު ކަމަށް ސްޓެލްކޯއިން ބުނެއެވެ. ކަރަންުގެ ޚިދުމަތް ކަނޑަލަނީ އެކުންފުނީގެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
މިވަގުތު ތަކުގައި ކަރަންޓު ކެނޑިފައި ހުންނާނީ ގިނަވެގެން އެއް ގަޑި އިރަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ