ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބިރު ފަހަނައަޅާ ދާ ވާހަކަ ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވަނީ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި “ބިރު ފަހަނައަޅާ ދާން” ވިދާޅެއް ނުވޭ ކަމަށެވެ. ކުރެއްވި ޓްވީޓާއި މާނަ (ފޮޓޯ)ގައި އެވަނީ ކަމަށެވެ.
މި ޓްވީޓާއެކު ރައީސް މައުމޫން ކުރެއްވި ޓްވީޓާއި އެ ޓްވީޓްގެ މާނަ ހިމެނޭ ފޮޓޯއެއް އެޓޭޗްކޮށްފައިވާއިރު އެ ފޮޓޯގައިވާ މާނައިގާ ލިޔެފައިވަނީ || ސިޔާސީ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމަޔަށްދާން ތެދުވެރިކަމާއި ހިތްވަރާއިއެކު މަސައްކަތް ކުރުން ވަރަށް މުހިންމު، ބިރުގަނެ އަޅުގަނޑުމެން އަމަލުތައް ހަނިކޮށްފިނަމަ ދުވަހަކުވެސް ކާމިޔާބީއާއި ހަމަޔަކަށް ނުދެވޭނެ” ރައީސް މައުމޫން.
RM kurevvi tweet ga 'biru fahana alhaa dhaan' vidhaalheh nuvey. Miee kurevvi tweet aa eyge maana. pic.twitter.com/eeSAdOWtNt
— Umar Naseer (@UmarNaseerPPM) August 12, 2016
އުމަރު މި މޭރުމުން ޓްވީޓްކޮށްފައިވާއިރު ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓާއި ގުޅިގެން ޕީއެސްއެމްގެ ޓީވީއެމްގައި ރިޕޯޓެއް ގެނެސްދިނެވެ. އަދި އެ ރިޕޯޓް ޕީއެސްއެމްގެ ވެބްސައިޓްގައި ޝާއިރު ކުރިވެސްމެ އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ޕީއެސްއެމްގެ ވެބްސައިޓުން އެ ލިޔުން ވަނީ ނަގައިފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ބިރު ފަހަނައަޅާ ދާ ވާހަކައެއް ނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ