މަޖިލީހަށް އިންތިހާބު ކުރެވުނު އެންމެ އިންސާފުވެރި ރައީސް އަކީ ގާސިމް - ނިހާން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެވުނު އެންމެ އިންސާފުވެރި ރައީސަކީ ގާސިމްކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިޙާނު ޙުސައިން މަނިކު ތައުރީފް ކުރައްވައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް ނިހާން، ގާސިމަށް ތައުރީފް ކުރައްވާފައި މިވަނީ، ޕީއެންސީ އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ)އިން ދިނުމާއި ގުޅިގެންނެވެ.
ނިހާން ވިދާޅުވީ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ އެންމެހާ މެންބަރުންގެ ނަމުގައި ގާސިމް އިބްރާހިމްއަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އިންތިހާބު ކުރެވުނު އެންމެ އިންސާފުވެރި ރައީސްއަކީ މަނިކުފާނުކަން ޔަގީން". ނިހާން ވިދާޅުވިއެވެ.
ނިހާން މިގޮތަށް ވިދާޅުވިއިރު، ޕީއެންސީއާއި މެދު އެއްވެސް ތަފާތު ކުރުމެއް ނެތި، އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންގޮސްދެއްވަން ގާސިމް ވަނީ އިލެކްޝަންސް އަށް އަންގާފައެވެ. އަދި ގާސިމް ރޭ ވަނީ 24 ގަޑިއިރު މަޖިލީސް ހުޅުވައިގެން ނަމަވެސް ޕީއެންސީގެ މައްސަލާގައި އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތަށް ގާސިމް ވިދާޅުވެފައި ވަނިކޮށް، މިއަދު މެންދުރުގެ ވަގުތެއްގައި އިލެކްޝަންސް އިން ވަނީ ޕީއެންސީ އުފެއްދެއްވުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ