ދާއިރާގެ އިއްޒަތްތެރި ރައްޔިތުންދޭ ތާއީދު ވިއްކައިގެން ނުވާނެ: ޖަމީލު އުސްމާން

ދާއިރާގެ އިއްޒަތްތެރި ރައްޔިތުން މެމްބަރުންނަށް ތާއީދު ވިއްކައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.ރައްޔިތުން މަޖިލީހުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ބަހުސް ކުރައްވަމުން މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާތަކުގެ އިއްޒަތްތެރި ރައްޔިތުން ކައިރިއަށް ގޮސް ހޯދާވޯޓުތަކަށް އަމާނާތްތެރި ވާންޖެހޭ ކަމަށެވެ. ޖަމީލު އުސްމާން ވިދާޅުވީ، ޕާޓީ ބަދަލުކޮށް ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ވޯޓް ލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.ރައްޔިތުންގެ ތާޢީދާ ދެކޮޅަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވާ ޖަމީލް އުސްމާން ވިދާޅުވީ، މެމްބަރުން ބޭނުންވާ ވަގުތު ޖެހުމުން، އެ މެމްބަރުންގެ ގޮނޑި ވިއްކައިގެން ނުވާނެ ކަމަށެވެ.ޖަމީލް އުސްމާން ވިދާޅުވީ، މީގެކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސައުންޑް ސިސްޓަމްތައް ހަލަކާކުކޮށް، ޗެމްބަރަށް ގެއްލުން ދިނުމުން ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެކަން ތަކުރާރުވެފައިވާކަން ޖަމީލު ފާހަގަކުރެއްވިއެވެ.ޖަމީލު އުސްމާން ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން މަޖިލީހުން ކޮށްފައިނުވާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގައި ބިލުތައް ފާސްކުރަމުން ގެންދިޔައީ ޕީޕީއެމް، އެމްޑީއޭ މެމްބަރުން އެކަނި ތިއްބަވައިގެން ކަމަށާއި އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައިގެން ޗެމްބަރަށް ނުވަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ."އެ ބޭފުޅުން ތިއްބަނީ ޗެމްބަރުން ބޭރުގައި ކޮފީ ބޯން" ޖަމީލު އުސްމާޏް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ