ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ގަދަވެދާނެތީ ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެހެންވެ މެޓް އޮފީހުން ވަނީ ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.
ނޮވެމްބަރު މަހު އާންމު ގޮތެއްގައި ރާއްޖެ އަށް ވިއްސާރަކުރެއެވެ. އެލާޓް ނެރެފައިވާ ސަރަހައްދަށް މިއަދު މެންދުރު 12 އިން ފެށިގެން އިރުއޮއްސި 6 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ދެކުނުގެ އަތޮޅުތަކުގައި އާއްމު ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ