ކުރީ ދެ ފަހަރުވެސް ކޯލިޝަން އުވިގެންދިޔައީ ޖުމްހޫރީ ޕާޓީގެ ސަބަބަކާ ހެދިއެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ދުވަހެކޭ ފަސް އަހަރު ނިމިގެންދާ ދުވަހެކޭ ތަފާތެއް ނެތި އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
އިންތިހާބީ ރައީސް 17 ވަނަ ދުވަހު ގާނޫނީ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނުގެ ވާޖިބު އަދާކުރައްވަން ފައްޓަވާ އިރު، އަޅުގަނޑުމެން ފުރަތަމަ ދުވަހެކޭ ފަސް އަހަރު ނިމިގެންދާ ދުވަހެކޭ ތަފާތެއް ނެތި އެމަނިކުފާނާ އެކީގައި ކޮނޑާކޮނޑު ޖައްސަވައިގެން އަޅުގަނޑުމެން އެކީގައި މަސައްކަތްކުރައްވާނެ ވާހަކަ ވަރަށް ސާބިތުކަމާއެކު ދަންނަވަން. މީގެ ކުރީ ދެ ފަހަރުވެސް 2008ގައި ވެސް، 2013ގައި ވެސް އަޅުގަނޑުމެން ޖުމްހޫރީ ޕާޓީގެ ސަބަބަކާ ހެދިއެއް ނޫން އަޅުގަނޑުމެންގެ ކޯލިޝަން އުވިގެން ދާން ޖެހުނީ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މައްސަލަތަކެއް އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދިޔަ ނަމަވެސް އެ ފުރުސަތު ޖޭޕީން ނުދޭނެ ކަމަށާއި ވޭތުވެދިޔަ ތަނުގައި ލިބިގެންދިޔަ ހިތްދަތިކަމާއި ނިކަމެތިކަމުގެ ތެރެއަށް ދާން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މި ވޭތުވެދިޔަ ތަނުގައި މި ގައުމަށް ލިބިގެންދިޔަ ހިތްދަތިކަމާއި ވޭން ތަހަމަލްކޮށް އެކަން އެނގި، އެ ބަރުދާސްތު ނުކުރެވޭ ފަދަ ނިކަމަތިކަމުގެ ތެރެއަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންނަށް އެހުރިހާ ނިކަމެތިކަމެއް ލިބިގެންދިޔައީ،" އޭނާ ވިދާޅުވިއެވެ.
ކުރީ ދެ ފަހަރުވެސް ކޯލިޝަން އުވިގެންދިޔައީ ޖޭޕީގެ ސަބަބަކާ ހެދިއެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ