ކަސްޓަމްސްއަށް ރިޕޯޓްނުކޮށް ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ވުދާޅުވީ ނޮވެންބަރު 04 ވަނަ ދުވަހުގެ ރޭ 18:30 ގައި ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ 3 ރައްޔިތަކު ކަސްޓަމްސްއަށް ރިޕޯޓްނުކޮށް ގިނަ ޢަދަދަކަށް ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަމުގެ މަޢުލޫމާތު ކަސްޓަމްސް އަށް ލިބިފައިވާތީ، އެމީހުންނާ ސުވާލުކޮށް އެމީހުން ޗެކްކުރިއިރު، އެމީހުންގެ އަތުން ތަފާތު ޤައުމުތަކުގެ ގިނަ ޢަދަދެއްގެ ފައި ސާ ވަނީ ފެނިފައެވެ.
މިކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދުފައިސާ ބޭރުކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ފައިސާތައް ހިފެހެއްޓުމަށްފަހު، އެކަން އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި އެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާ، ނޮވެންބަރު 04 ވަނަ ދުވަހު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
އިންޑިއާ ތިން މީހުންގެ އަތުން އަތުލައިގަތް ފައިސާގެ އަދަދެއްގެ ކަސްޓަމްސް އިން ހާމަކުރައްވާފައެއް ނުވެއެވެ.
ކަސްޓަމްސްއަށް މިމަޢުލޫމާތު ހިއްސާކުރެއްވި ފަރާތައް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދުފައިސާ ބޭރުކުރުމުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެހާ ފަރާތްތަކުން ވެސް ކަސްޓަމްސްއަށް މިފަދަ މައްސަލަތައް ރިޕޯރޓް ކުރައްވަމުން ގެންދިއުމަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައި ވެއެވެ.
ރާއްޖެ އިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ