ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރައްވާ ޚާއްޞަ ކޭކެއް ފަޅުއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ޚާއްޞަ ދަތުރުފުޅުގައި އެސިޓީގެ ހިތަދޫ މެދު ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ ޚާއްޞަ ކޭކެއް ފަޅުއްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގައި ހުންނަ އެމްޑީޕީ ޖަގަހައިގައެވެ.
އެޖަގަހައިގާ ބުދަ ދުވަހުގެ ހެނދުނު ނާސްތާއަށް ފަހު ރައީސް ނަޝީދު ވަނީ އެދާއިރާގެ ބައެއް ޢާއްމު ރައްޔިތުންނާ ބައްދަލު ކުރައްވާ ސަލާން ކުރައްވާ އަދި އެމީހުންނާއެކު ފޮޓޯ ނެންގެވުމުގައި ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.
އެބައްދަލު ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެމަނިކުފާނަށް ޚާއްޞަ ކޮށްގެން ތައްޔާރު ކޮށްފައިވާ ކޭކެއް ފަޅުއްވައިދެއްވާފައެވެ. އެކޭކް ތައްޔާރު ކުރައްވާފައިވަނީ އެމަނިކުފާނު ވިދާޅުވާ ޚާއްޞަ ބަސްފުޅެއް ކަމަށްވާ "މިއީ ހިތާ ހިތުގެ ގުޅުމެއް" މި ލިޔުންކޮޅާއެކު ޒީނަތްތެރި ކުރެވިފައެވެ.
މި ހަރަކާތުގައި ރައީސް ނަޝީދާއެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި އެމްޑީޕީގެ އިސް ސަފުގައި ހިމެނި ވަޑައިގަންނަވާ ބައެއް ވެރިންގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ކައުންސިލް މެމްބަރުން ބައިވެރިވެވަޑައި ގެންފައިވެއެވެ..
އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ވަނީ އެަނިކުފާނަށް ޚާއްޞަ އޮފީހެއްވެސް ވަނީ ހުޅުވާފައެވެ. މިއޮފީސް ހުޅުވައިދެއްވީ ބުދަ ދުވަހު ހެނދުނު ރައީސް ނަޝީދެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ