ނެއްލައިދޫ ބަނދަރުގެ މައްސަލައަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް - ރައްޔިތުން

ހދ. ނެއްލައިދޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހިކިފައިވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހދ. ނެއްލައިދޫ ރައްޔިތެއް ކަމަށްވާ އަލީ ޒިޔާދު ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ބުނީ އެ ރަށުގެ ބަނދަރު ބޭނުން ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ބޭރުން އަންނަ އުޅަނދު ފަހަރަށް ބަނދަރަށް ނުވަދެވޭކަން އޭނާ ފާހަގަކުރިއެވެ. އޭނާ ބުނީ ބަނދަރު މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހިކި ފަސްގަނޑަކަށް ވެފައި ކަމަށާއި އެކަމުގެ ސަބަބުން ފެރީ ދަތުރުތައްވެސް ހުއްޓިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިމަތިވަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެކަން ފާހަގަކޮށް އޭނާ ބުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އެ މައްސަލަ ހުށަހެޅުމުން، އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ފެށި ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ އެކަން މަޑުޖައްސާލީ ކަމަށް އަލީ ޒިޔާދު ބުންޏެވެ. އަދި އާ ސަރުކާރު އައި ފަހުން، އެތައް ފަހަރަކު ހައުސިން މިނިސްޓްރީއަށް ގުޅައިގެން ވާހަކަ ދެއްކުމުންވެސް އެކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ މީގެ އިތުރުން ޒިޔާދު ބުނީ ނެއްލައިދޫއަކީ މަސްވެރި ރަށަކަށްވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން މަސްވެރިކަން ކުރުމަށް ދަތިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ