ތައުލީމީ ދާއިރާ ހިންގުމަށް މި އަހަރަށް އިތުރު ފައިސާ އަދި ބޭނުންވޭ: ޓްރާންސިޝަން ކޮމެޓީ

ތައުލީމީ ދާއިރާ ހިންގުމަށް މިއަހަރަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީބުނެފި އެވެ.  
ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަހަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީއަށް 350 މިލިއަން ރުފިޔާ މަދުވާ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.    
"އަންނަ އަހަރު ސުކޫލްތައް ހިންގަން ފަށަންވާއިރު ރާއްޖޭގެ ސުކޫލްތަކުގެ އާބާތުރަފިލުވުމަށް ބޭނުންވާ ފައިސާވެސް ބަޖެޓްގައި ނެތް ކަމަށް މި ފާހަގަ ކުރެވެނީ. މި ވާހަކަ މި ދަންނަވަނީ މިއީ މުހިންމު ކަންކަން މި ދަނޑިވަޅު މި ކަން ކަމަށް،" އިބްރާ ވިދާޅުވި އެވެ.  
އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަމަލުކޮށްފައިވަނީ އޮނިގަނޑުގައި ލިޔެފައިވާ އެއްޗަކާ ތަފާތުކޮށެވެ. އެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަނެއް މައްސަލައެއްގެ ގޮތުގައި އިސްމާއިލް ފާހަގަ ކުރެއްވީ ސިވިލް ސާވީސް މުވައްޒަފުން ބޭނުން ނުކޮށް ކޮންމެ ސެކްޝަނެއްގައި ވެސް ސިޔާސީ ބޭފުޅުން އިސްކޮން ތިއްބަވައިގެން ހިންގުމެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކަށީގެންވާ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން މަތީ ތައުލީމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޓެބްލެޓްތައް ދިނުމާ ގުޅޭ ގޮތުން އިބްރާ ވިދާޅުވީ 71 ހާސް ޓެބްލެޓަށް ފައިސާ ސަރުކާރުން ދިން ނަމަވެސް މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވަނީ 21 ހާސް ޓެބްލެޓް ކަމަށެވެ.  
"ކޮންޓްރެކްޓަރުގެ މުއްދަތު ނިމިއްޖެ އެ ފައިސާ ދީ ހުރީ ނިމިފައި،ޓެބްލެޓްތަކަށްވީ ގޮތެއް ނޭނގެ،" އިބްރާ ވިދާޅުވި އެވެ.
މި ކޮމެޓީގައި ހިމެނޭ ކުރީގެ އެޑިކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމީ ދާއިރާގައި އެކަމުގެ ފަންނުވެރި މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް މައްސަލަވެސް ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި އަންނަ އަހަރު ކީ ސްޓޭޖު4 ތައާރަފުކުރަން ހަމަ ޖެހިފައިވާއިރު އެކަމަށް މިނިސްޓްރީން ތައްޔާރުވެފައިނެތްކަން ވަނީ ފާހަގަ ކުރައްވާފައި އެވެ.
މީގެ އިތުރުންވެސް 32 ސްކޫލެއްގައި ޕްރިންސިޕަލުން ނެތްކަން ޓްރާންސިޝަން ކޮމެޓީން ހޯދި މައުލޫމާތުން ފާހަގަ ކުރެއްވުނު ކަމަށް މުސްތަފާ ވިދާޅުވި އެވެ.      
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ