މައުމޫން ގެއަށް ބަދަލުކުރަން ހުރަސްއެޅިކަމަށް ބުނެ ޝިހާންގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަން ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ހުރަސް އެޅުއްވި މައްސަލައިގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މައުމޫން ގެއަށް ބަދަލުުކުރުމަށް ނިންމާފައިވާކަން މީޑިއާގައި ތިލަވުމާއެކު، ކަރެކްޝަންސްގެ ބަހެއް ހޯއްދެވުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މިއަދު ވަނީ ކަރެކްޝަންގެ އޮފީހަށް ވަޑައިގެެންފައެވެ.
ޝިހާންގެ މައްސަލައާއި ގުލޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މެޑިކަލް ބޯޑުގެ ނިންމުމާއެކުވެސް ރައީސް މައުމޫން ގޭ ބަންދަށް ބަދަލުނުކޮށް އެ ނިންމުން ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާފައިވާތީ، ޝިހާންގެ މައްސަލަ ތަހުގީގުކޮށް، އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދިލައްވާފައިވާނެކަމަށެވެ. މީގެ އިތުރުން މި މައްސަލަ އެޗްއާރުސީއެމަށްވެސް ވަނީ ހުށަހަޅާފައެވެ.
މައުމޫން ގެއަަށް ބަދަލުކުރުމަށް މެޑިކަލް ބޯޑުން ނިންމާފައިވީނަމަވެސް ގެއަށް ބަދަލުނުކޮށްގެން އުޅެނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެކަމަށް ނުފޫޒު ފޯރުއްވައިގެންކަމަށް ޕީޕީއެމްގެ ކުރީގެ ކައުުންސިލް މެންބަރު އައިމިނަތު ނާދިރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫން ގެއަށް ބަދަލުނުކޮށްގެން އުޅެނީ އަދި ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ހުށަހެޅުމުންވެސް މައްސަލަ ތާވަލު ނުކޮށްގެން އުޅެނީ ޕީޕީއެމްގެ ކައުންސިލް އެބޭފުޅުންނަށް ނުބޭއްވިދާނެޔތީކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ