މީޑިއާ ކައުންސިިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައިވަނީ މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރާ މެމްބަރެއްގެ ދައުރު އަންނަ ހަފުތާގައި ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ހޯމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުގެ ހަތް މެމްބަރަކާއި އާންމުންގެ ހަތް މެމްބަރަކު ހިމެނޭ ގޮތަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަނީ ދެ އަހަރުގެ މުއްދަތަށެވެ.
Media council ge aa dharuah memberun inthikhaabu koffi
Mihaaru
މިދިޔަ ޑިސެމްބަރު 15 ވަނީ އެމްއެމްސީގެ އިންތިހާބު ބާއްވައި، ދައުރު ހަމަވި މެންބަރުންގެ ބަދަލުގައި އާ މެންބަރުން އިންތިހާބުކޮށްފަ އެވެ.
އެ ކައުންސިލްގެ މެމްބަރު ކަން ޖެހިޖެހިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ