މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް އެއްވެސް ޓެކްނިކަލް މައްސަލައެއް ނުޖެހި، ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނީ އެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާ، ފުރަތަމަ ސާކިޓް އެންޖައިޒް ކުރެވިފައި ވާކަމަށެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ އެނަޖައިޒް ކުރުމުގެ މަސައްކަތް މި ހަފްތާގެ ތަހަރު ދުވަހެއްގައި ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެގޮތުން ހުޅުމާލޭގެ އިންޖީނުގެއާއި މާލެ އިންޖީނުގެ ސިންކްރޮނައިޒް ކުރުން މާދަމާ ކުރިއަށް ދާނެއެވެ. އަދި ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ 21 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން މައުލޫމާތުއެވެ. އަދި އެދުވަހުވެސް 8:00 އިން 17:00 އެ މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން 22 ވަނަ ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށްވެސް މައުލޫމާތު ދިފައިވެއެވެ.
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.
އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ އެނަޖައިޒް ކުރުމުގެ ފުރަތަމަ ދުވަހުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ