މުލަކު ގޮނޑުދޮށުގެ މަސައްކަތް ނިންމާލައިފި

މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިިފި އެވެ.
އެމްޓިސީސީން ބުނީ މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ނިންމާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 17.6 މިލިއަން ރުފިޔާ އެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ