ގޯތި ގުޅިފަޅަށް ބަދަލު ކުރަން ލީ 1،913 ފޯމް

ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް ފުރުސަތުދީފައި ވެއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި 1،913 މީހުން އެކަމަށް އެދި ފޯމު ލައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ގޯތިތަކުގެ ތެރެއިން، ގިރާވަރުން ދޫކޮށްފައިވާ 1347 ގޯއްޗެއް, ގުޅިފަޅަށް ބަދަލުކުރަން އެދުމުގެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައި ދިނެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން ބުނީ ސަރުކާރުން ދިން އެ ފުރުސަތުގެ ބޭނުން ހިފައިގެން 1250 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 928 ފޯމު ހުށަހަޅާފައިވާ ކަމަށާއި 1650 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 769 ފޯމާއި، 2050 ފޫޓުގެ ގޯތި ބަދަލު ކުރުމަށް 213 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި 2450 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް ތިން ފަރާތަކުން އެދިފައިވާ ކަމަށެވެ.
އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. ގުރުއަތުލަނީ 1250 އާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވައިފަރާތްތަކުގެ މެދުގަ އެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް ފުރުސަތުދީފައި ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ