ފަންސަވީސް އަހަރުވީއިރުވެސް ފުރަތަމަ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާނުލެވުނު އަންހެނަކު ކިޔުންތެރިންނަށް ކުރާ ސުވާލެއް! ކުރީގެ ލޯބިވެރިޔާ މަތިން ހަނދާންމިވަނީ ކީއްވެ؟

އަހަރެންނަކީ މިއަދުނޫހުގެ ހަޤީޤީ ހާދިސާތައް ޤަވައިދުން ކިޔަމުން އަންނަ މީހެކެވެ. މި ގޮތުން އަހަރެންނަށް ދިމާވެފައިވާ ކަމެއް އަދި އެކަމުގައި އަބަދު ހިތްނުތަނަސްވުމެއް އޮންނާތީ މިކަމުގައި ކަންތައް ކުރާނެ ގޮތެއްގެ ޚިޔާލަށް މި ލިޔުން ލިޔުނީމެވެ!  
އަހަރެންނަކީ ރާއްޖޭގެ ދެކުނު އަތޮޅެއްގެ ރަށެއްގެ މީހެކެވެ. އެއީ 1900 ވަނަ އަހަރުގެ ފަހު ކޮޅެވެ. އަހަރެން އުޅުނީ ރަށު ސުކޫލު ކިޔަވަން ގްރޭޑް 9ގައެވެ. އަދި އޭރުގައި އުޅުނީ ރަށުން ކުއްޖަކާ ރައްޓެހިވެގެންނެވެ. އަދި ރައްޓެހިވެގެން އުޅުނީ ވަރަށް ހާމަކަންބޮޑުގޮތެއްގައެވެ. މާނައަކީ ރަށުގެ ގިނަ މީހުންނަށް މި ގުޅުން އެނގޭނެ ވާހަކައެވެ. އަހަރެން ރައްޓެހިވީ ފުރަތަމަ އޭނާދެކެ ލޯބިވެގެނެއް ނޫނެވެ. އޭނާގެ އެދުމުގެ މަތިންނެވެ. އެކަމު ފަހުން އޭނާދެކެ ލޯބި ވިއެވެ. މި ގޮތަށް ރައްޓެހިވެގެން ދެމީހުން ވަރަށް ލޯބިން އުޅުނީމެވެ. އިނދެގެން ހޯދާނެ ދަރިންގެ އަދަދުގެ ވާހަކަވެސް ލޯބިވެރިޔާ ދެއްކުމުން މިއީ ސިރިއަސް ގުޅުމެއްކަން އިތުރަށް ޔަޤީންކުރެވުނެވެ!  
މި ގޮތަށް އުޅެމުން ދަނިކޮށް މާލެ އަށް ކިޔަވަން އައުމުގެ ފުރުޞަތު ލިބިއްޖެއެވެ. ލޯބިވެރިޔާ  ވަރަށް ދެރަވެފައި މާލެ އަންނަ ފުރަން އޮތްރޭ ބައްދަލުކޮށްފައި މާލެ ނުދަން ބުންޏެވެ. އަޅުގަނޑު ޖަވާބުގައި ބުނީ މިއީ ވަރަށް މުހިއްމު ފުރުޞަތެއްކަމުގައި އެވެ. ދޫކޮށް ލާފިނަމަ ދެން ނުލިބޭނެކަމަށެވެ. 
ރަށުން ގްރޭޑް 9 ނިންމާފައި އައިސް ވަނީ  މާލޭ ސްކޫލެއްގެ ގްރޭޑް 9 އަކަށެވެ. 2 އަހަރު ދުވަހުގެ ތެރޭގައި ކިޔެވުން ނިމިއްޖެއެވެ. ކިޔެވުމުގައި ހޭދަވީ ދުވަސްތަކުގައި ކުރީގެ ލޯބިވެރިޔާ އާ އަހަރެންނާ ގުޅޭ ގޮތުން ދައްކާފައިވާ ވަރަށް ހުތުރު ވާހަކަ އެއް އަޑުއިވުނުނެވެ. އަދި އެކަން އަޑު އިވުނީވެސް ތިމާގެ ކުއްޖެއްގެ ފަރާތުންނެވެ. ދެން އެ ގޮތަށް ކަންތައްވުމުން ލޯބިވެރިޔާގެ ކައިރީގައި އެއްވެސް އެއްޗެއް ބުނުމެއްނެތި އޭނާ އަށް ހިތުން އެކީގައި ރުޅިވެއްޖައީމެވެ. އެކަމު އޭނާއަށް އެކަމެއް ނާންގަމެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ އަށް އެކަން ނޭންގޭނެއެވެ. 
އަހަރެން މާލޭގައި ހުރި ހުރުމުގައި ލޯބިވެރިޔާ ސިޓީ ފޮނުވިއެވެ. އަދި ފޯނުވެސް ކުރިއެވެ. އެކަމު ދެން އެވާހަކަ އިވުމަށް ފަހު އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަމެވެ. ކުޑަމިނުން ވީ ގޮތެއްވެސް އަންގާނުލަމެވެ. 
ދެން އިވުނީ ލޯބިވެރިޔާ ރަށު ކުއްޖަކާ ކައިވެނިކުރަން އުޅޭވާހަކައެވެ. އަދި އެކުއްޖާ އާ ކައިވެނިކުރުމުން ވަރަށް ދެރަވިއެވެ. އެކަމަކުވެސް ހިތުގެތެރޭގައި އެކަން ބާއްވާއިގެން ހުރީއެވެ. ދެން ޖެހިގެން އައި އަހަރު އަހަރެންވެސް ކައިވެނި ކުރީމެވެ. ކައިވެނި ކުރީ ބޭބެ އެއް ދެއްކިމީހަކާއެވެ. މާލޭގައި ގެދޮރުހުރި މީހެކެވެ. އަދި ކުރިން ކައިވެނި ކޮށް 2 ދަރިން ލިބިފައިވާ މީހެކެވެ. ރަގަޅު މީހެއް ކަމަށް ބުނުމުން ކައިވެނި ކުރީއެވެ. އެނާ ވީ އަހަރެންނަށް ވަރަށް ރަގަޅު މީހެއް ކަމުގައެވެ.  
ކައިވެންޏަށް މިހާރު 25 އަހަރު ފުރެން ކައިރިވަނީއެވެ. 3 ކުދިން ވެސް އެބަތިއްބެވެ.  އެކަމަކު އަހަރެން ދެރަވާ ސަބަބަކީ އޭނާ ގެ ކުރީގެ އަނބިމީހާ އަށް ލިބިފައިވާ 2 ދަރިންޚާއްސަ ކޮށްގެން އުޅޭތީއެވެ. އެކަމާ އޭނާ އާ ދެބަހެއް ނުވަމެވެ. އެއީ އަހަރެންނަށް އެނާ ރަގަޅުވެފައި އަހަރެންގެ ކުދިންނަށް ވެސް ހަމަ އެހާ ރަގަޅު ކަމުންނެވެ. އެކަމު މި ގޮތަށް ދިމާ ވީމަ ހިތަށް އަރަނީ ދަރިން ހުރި މީހަކާ ކައިވެނި ކުރެވުމަކީ މޮޔާކަމެއް ކަމަށެވެ. އަދި އެމީހާ ކިތަންމެ ރަގަޅު ކަމުގައި ވިޔަސް ދެން ދިރިއުޅުން އުޅޭއިރުގައި އަބަދު އުފާ ވެރި ގޮތެއް ނުހުންނާނެއެވެ. ކޮންމެވެސް ރުޅިވެރިކަން އަންނާނެއެވެ. އެގޮތުން ވާގޮތަކީ އެގޮތަށް ހިތްހަމަނުޖެހުން އޮންނައިރުގައި  ކުރީގެ ލޯބިވެރިޔާ މަތިން ހަނދާންވަނީއެވެ. ދެން ހިތަށް އަރަނީ މިއީ އޭނާ އަށް އެގޮތަށް ހެދުމުން ލިބުނު ހަދިޔާކަމަށެވެ. (ނޯޓް: ހަދިޔާ އޭ މިތަނުގައި މާނަ ކޮށްފައި އެވަނީ މަޖާޒީ ގޮތެއްގައި އެވެ) 
އެކަމަކު މިހާރު ބޭނުންވަނީ އޭނާ އަށް ހަޤީގަތް ކިޔާދޭށެވެ. އެކަމު އެކަން ހިތަށް އަރާފައި ވެސް ބިރު ގަނެއެވެ. އެކަމުން ފަލީހަތެއް ވެދާނެތީއެވެ. ދެން މިކަމާ މިހާރު މިހުންނަނީ ހަނދާނެ ގޮތެއް ނޭނގިފައެވެ. 
އަހަރެން ވިސްނާ ވިސްނާ ވެސް ނުވިސްނުނީ އޭނާގެ ކައިރީގައި އިނުމަށް ވައުދު ވިކަމެވެ. ހީވަނީ އޮންނާނީ ވެވިފަހެންނެވެ. ޔަގީން ވަނީ އޭނާ އަހަރެން ކައިރީގައި ވައުދު ވިކަމެވެ. އޭނާ ހީކުރަނީ އޭނާ އާ ރުޅިވީ އަހަރެން ކަމަށެވެ. އެއީ އޭނާ އަށް ސަބަބު ނާނގާ އޮތީމައެވެ. 
މިކަމުގައި ހަނދާނެ ގޮތެއް ކިޔުން ތެރިން ބުނެލަދެއްވުން އެދެމެވެ.  
- މިއަދުނޫހުގެ ކިޔުންތެރިއެއް 
- ޙަޤީޤީ ޙާދިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ