ކަރަންޓް ކެނޑިފައިވާ ހުރިހާ ހިސާބަކަށް ކަރަންޓު ދިނުމަށް 45 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯ އިން ދެންމެ ބުނެފި އެވެ.
ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނެންސް މަސައްކަތް ކުރާތީ މިއަދު ހެނދުނު 6 އިން 6:30 އާ ދެމެދު މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ރޭ ބުންޏެވެ. ހެނދުނު ހައެއް ޖެހުމާއެކު މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނެވެ.
ނަމަވެސް ދޮޅު ގަޑިއިރުވީއިރުވެސް އަލުން ހިދުމަތް ނުދެވުނެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ފުނިޖެހިފައިވަނިކޮށް ސްޓެލްކޯއިން ދެންމެ ބުނީ ކުރިން އިއުލާން ކުރެވިފައިވާ ގޮތަށް ގްރޭޓާ މާލެ އިންޓަކަނެކްޝަންގެ މެއިންޓަނެންސް މަސައްކަތެއް ކުރުމުންދާތީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ތެރެއިން ބޮޑު ބަޔަކަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ކުރިން ލަފާ ކުރި ވަގުތުގެ އިތުރުން ކަރަންޓު ކެނޑިފައިވާ ހުރިހާ ހިސާބަކަށް ކަރަންޓު ދިނުމަށް 45 ވަރަކަށް މިނެޓް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިފަދަ މަސައްކަތްތައް ކުރިޔަށް ގެންދަނީ ކުރިޔަށްއޮތް ތަނުގައި ދިމާވެދާނެ ކުއްލި ޓެކްނިކަލް މައްސަލަތައް ވީހާވެސް ކުޑަކުރުމަށް ކަމަށްވެސް ބުންޏެވެ.
    
    ކަރަންޓް ނެތި ދޮޅުގަޑިއިރު، ކަރަންޓް ދިނުމަށް އަދި 45 މިނެޓް ހޭދަވާނެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            