ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވުމުގެ އިސް މީހުން ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި އެންމެ އިސް މީހާ މިއަދު ހައްޔަރުކޮށްފިއެވެ.މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ރޭވުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައި ވަނީ މުހައްމަދު ތަސްލީމް ކަމަށެވެ.އޭނާ އަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ