ޣައްޒާގެ ބޯޑަރު ކައިރި ބަދަލުކުރެވުނު ހަމަލާތަކުގައި ފަލަސްޠީނުގެ 41 މީހަކު ޒަޚަމްވެއްޖެ

އިޒްރޭލުގެ ހަނގުރާމަވެރި ލަޝްކަރުތަކާއި ފަލަސްޠީނުގެ މުޒާހަރާވެރިންނާ ދެމެދު ހޮނިހިރު ދުވަހު ބަދަލުކުރެވުނު ހަމަލާތަކުގައި ފަލަސްޠީނުގެ 41 މީހަކު ޒަޚަމް ވެއްޖެއެވެ. މީގެ ތެރޭގައި 13 އަހަރުގެ ފިރިހެން ކުުއްޖަކުވެސް ހިމެނެއެވެ. ސިއްހީ އޮފިސަރުން މައުލޫމާތު ދިން ގޮތުގައި ވަޒަން އަރާފައިވަނީ އެކުއްޖާގެ ބޮލަށެވެ.
ދެފަރާތުން ބަދަލުކުރި މި ހަމަލާތަކުގައި އިޒްރޭލުގެ ފުލުސް އޮފިސަރަކަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ.
ހަމަލާތައް ފެށިފައިވަނީ ހަމާސް ޖަމާޢަތާއި އަދި ޖޭރޫސެލަމްއަށް ތާއީދުކުރާ އެހެން ޖަމާޢަތްތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުގެ ބޯޑަރު ދޮށަށް އެތައް ސަތޭހަ މުޒާހަރާވެރިން ޖަމާވެފައި ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ބޯޑަރުގައި ޖަހާފައި ހުރި ފެންސުތައް ނަގަން މަސައްކަތްކޮށްފައެވެ. އަދި އަނެއް ބަޔަކު ވަނީ ގާ އުކައި ސީދާ އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައެވެ.
އިޒްރޭލުގެ އަޝްކަރިއްޔާއިން ބުނި ގޮތުގައި އެތައް ސަތޭކަ މުޒާހަރާ ވެރިންނެއް ވަނީ
އެއް ސަރަހައްދަކަށް އެއްވެ ބޯޑަރުގެ ފެންސުތައްމަތިން އަރަން މަސައްކަތްކޮށްފައެވެ. އެމީހުން ހުއްޓުވުމަށް ކަރުނަ ގޭސް ޖަހާފައިވެއެވެ.
އިޒްރޭލުގެ ލަޝްކަރުތަކުން ދިފާއުގައި ހަމަލާދިން އިރު، ހަމާސްއަށް ނިސްބަތްވާ ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓާ ތަންނަށް އިސްކަންދީފައިވެއެވެ. އެ ގޮތުން މެނުފެކްޗަރިންގ ސައިޓުތަކަށާއި ހަތިޔާރު ބަހައްޓާ 4 ގުދަނަކަށް ގެއްލުންދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ