ބަހިއްޔާ ޕްރީ ސްކޫލް ހިންގަން ސީއައިޓީއެމް އަށް ދީފި

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް ފަސް އަހަރަށް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އާ އޭދަފުށި ކައުންސިލުން ހަވާލު ކޮށްފި އެވެ.
2018 އިން ފެށިގެން މައި ކޮލެޖުން ބަހިއްޔާ ޕްރީ ސްކޫލުގައި ހިންގަމުން އައި ޕްރީ ސްކޫލުގެ އެއްބަސްވުން އެ ކޮލެޖުން މިދިޔަ އަހަރު ބާތިލުކުރުމާ ގުޅިގެން، އެތަނުގައި އަލުން ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލި ބިޑު ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ކާމިޔާބުކުރުމާ ގުޅިގެން ރޭ ވަނީ އެ ސެންޓަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ސީއައިޓީއެމް އިން ބުނީ މި އެގްރީމެންޓް ދެމެހެއްޓުމަޓަކައި އެ ސެންޓަރުން ކުރަންޖެހޭ ކަންތައްތައް އެންމެ ފުރިހަމައަށް ކުރަމުން ގެންދާނެ ކަމަށާއި ޕްރީ ސްކޫލް ރެޖިސްޓްރޭޝަންގެ ކަންތައްތައް ނިމުމާއެކު ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ސީއައިޓީއެމް އިން ހުށަހެޅި ބިޑުގައިވާ ގޮތުން އެތަނުން ދަރިވަރުންގެ އަތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 50ރ. އެވެ. އަދި 130 އަށްވުރެ މަދުން ކުދިން ރަޖިސްޓްރީވާނަމަ މަހު ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 400ރ އެވެ. 150 އަށްވުރެ ގިނަ ކުދިން ރަޖިސްޓަރީވާނަމަ ކުއްޖެއްގެ އަތުން ނަގާނީ 350ރ އެވެ.
ސީއައިޓީއެމް އިން ޕްރީ ސްކޫލް ހިންގަން ފުރަތަމަ ފަސް އަހަރަށް ހުށަހަޅާފައި ވަނީ 6،600ރ އަށެވެ.
ބަހިއްޔާ ޕްރީ ސްކޫލް ހިންގަން ސީއައިޓީއެމް އަށް ދިން އިރު، ބަހިއްޔާ ޕްރީ ސްކޫލުގެ ދެވަނަ ފަންގި ފިލާގައި މައި ކޮލެޖުގެ އައުޓްރިޗް ސެންޓަރެއްގެ ގޮތުގައި މަތީ ތައުލީމުދޭ މަރުކަޒެއް ވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ