ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ވަފްދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރައްވައިފިއެވެ.
މި ވަފްދުގެ ބޭފުޅުން މިއަދު ހަވީރު، ޖުމްހޫރީ ޕާޓީގެ އޮފީހުގައި ގާސިމްއާއި ބައްދަލު ކޮށް ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ގާސިމްގެ އިތުރުން، ޕާޓީގެ ޕީޖީ ގުރޫޕުގެ ނައިބު ޢަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން އާއި ޕާރޓީގެ ސެކްރެޓަރީ ޖެނެރަލާއި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީޕާޓީގެ ގާސިމް، އީޔޫގެ އެ ވަފްދުގެ ބޭފުޅުންނާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައި ވެއެވެ.
ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫގެ ވަފްދު ގާސިމް އާއި ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ