ދައުލަތަށް އެތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ހަމީދުގެ ހަނދާނުގައި ޒިކުރާ އާ ކުރުމަށް ފޮތެއް ނެރެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެޓޮލްސް މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ހަމީދުގެ ހަނދާނުގައި "ހަމީދުގެ ހަނދާނުގައި އަލްމަރުހޫމް އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ހަމީދު (ނޢޢވ)ގެ ޒިކުރާ" މި ފޮތް ނެރެދެއްވީ ގައުމީ ކުތުބުހާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމެވެ.
މި ފޮތް ނެރުމަށް މިއަދު ގައުމީ ކުތުބުހާނާގައި އޮތް ރަސްމިއްޔާތުގައި މި ފޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފޮތުގެ މުއައްލިފް އަބްދުލް މުއީދު ހަސަން ވިދާޅުވީ މި ފޮތުގައި އަބްދުﷲ ހަމީދާ ބެހޭ ގޮތުން އެކި ކަހަލަ މައުލޫމާތާއި ޒިކުރާ ހިމެނޭނެ ކަމަށާއި އެގޮތުން އަބްދުﷲ ހަމީދު ކޮށްދެއްވި މަސައްކަތްތައް ވެސް އެ ފޮތުގައި ފާހަގަކޮށްފައި ހުންނާނެ ކަމަށެވެ.
މި ފޮތް ނެރެފައިވަނީ ސީޑީއެއްގައި ޑިޖިޓަލްކޮށެވެ.
މުއީދު ވިދާޅުވީ މި ފޮތަކީ ސްކޫލުގެ ދަރިވަރުންނަށް ބޭނުންތެރި ފޮތަކަށް ވާނެ ކަމަށާއި ފޮތުގެ ދެވަނަ ބައެއް ނެރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މި ފޮތް މިހާރު ގައުމީ ކުތުބުހާނާއިން ލިބެން ހުންނާނެއެވެ.
އަބްދުﷲ ހަމީދު އަވަހާރަވެފައިވަނީ އޮގަސްޓް މަހު 18 ވަނަ ދުވަހު ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައެވެ. އޭނާގެ ހަށިކޮޅު ވަނީ ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނު ލައްވާފައެވެ.
އަބްދުﷲ ހަމީދުގެ ޒިކުރާ އާ ކުރުމަށް ފޮތެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ