މިރެސްޓޯރެންޓަށް ހަވީރު ފަހެއްގެ ފަހުން ކުޑަކުދިން ވަނުން މަނާ

ޖަރުމަނު ގައި ހުންނަ ރެސްޓޯރެންޓަކަށް ހަވީރު ފަހެއްގެ ފަހުން ކުޑަކުދިން ވަނުން މަނާކޮށްފިއެވެ.
"ގްރޭންޑް މާސް ކިޗަން" ނަމަކަށް ކިޔާ އެ ރެސްޓޯރެންޓަށް އުމުރުން 14 އަހަރުންނަށް ވުރެ ކުޑަކުދިން ހަވީރު 5 ގެ ފަހުން ވަނުން މަނާކޮށްފައިވާއިރު އެރެސްޓޯރެންޓުން ބުނިގޮތުގައި އެނިންމުން އެހެން ނިންމާފައިވަނީ ކުޑަކުދިންގެ ސަބަބުން އެގަޑިތަކުގައި އެކި ކަހަލަ އުނދަގޫތައްވާތީއެވެ.
އެގޮތުން ރެސްޓޯރެންޓުގެ ވެރިފަރާތް މާކަލް ބުނިގޮތުގައި މީހުން ކާން އައިސް ތިބޭ ވަގުތުގައި ދަރިންނާ ހެދި ކާން އުނދަގޫވެގެން އުޅޭކަމަށެވެ. އަދި ބައެއް ފަހަރު ރެސްޓޯރެންޓުގެ ބައެއް ތަކެތި ހަލާކުކޮށް ތަންތަން ހަޑިކުރާ ކަމަށްވެސް މާކަލް ވަނީ ބުނެފައެވެ. މާކަލް ބުނިގޮތުގައި އެނިންމުން ނިންމަން މީގެކުރިން ވެސް ވިސްނާފައިވާކަމަށާއި އެނިންމުން ނިންމުމުގެ ސަބަބުން ރެސްޓޯރެންޓަށް އަންނަ މީހުންނަށް ކަންކަމާ ނުވިސްނާ ހަމަޖެހިލައިގެން ކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެރެސްޓޯރެންޓުގެ އެ ގަވައިދާ ގުޅިގެން ޖަރުމަނުގައި މީޑިއާތަކުގައި ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު ގިނަ ބަޔަކު ދެކޭގޮތުގައި އެއީ ވަރަށް ރަހުމުކުޑަބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ