މޫސުން ގޯސްވެގެން މެދުކަނޑާލި ހުޅުމާލެ އަދި ވިލިމާލެ ފެރީގެ ހިދުމަތް އަލުން ފަށައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މާލެ ސަރަހައްދުގެ ކަނޑު އާދަޔާ ޚިލާފަށް ގަދަވެ ހުޅުމާލެ ފެރީގެ ޚިދުމަތް ގަޑިއެއްހާއިރަށް މެދުކަނޑާލުމަށްފަހު އަލުން ފަށައިފި އެވެ. މޫސުން ގޯސްވުމާ ގުޅިގެން ހުޅުމާލޭ ފެރީގެ ހިދުމަތް މެދުކަނޑާލީ މިރޭ 7:45 އެހާކަންހާއިރު އެވެ. އަލުން ހިދުމަތް ފެށީ މިރޭ 9:00 ޖަހަން އުޅެނިކޮށެވެ. ވިލިމާލެ ފެރީގެ ހިދުމަތް ވެސް މިރޭ އިރާކޮޅު މެދުކަނޑާލަން ޖެހުނުނެވެ. ނަމަވެސް މާ ގިނައިރެއް ނުވެ އަލުން ވަނީ ފެރީގެ ހިދުމަތް ފަށާފަ އެވެ. މޫސުން ގޯސްވުމާ ގުޅިގެން މިދުވަސްވަރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. މޫސުން ގޯވުމާ ގުޅިގެން މެދު ރާއްޖެތެރެއަށް ވަނީ ޔެލޯ އެލާޓު ވެސް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 7:30 ފެށިގެން މިރޭ 10:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ