މޫސުން އިތުރަށް ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ދެކުނުގެ ދެ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެ އިދާރާއިން މިރޭ 7:30 އިން ފެށިގެން މިރޭ 11:30 އާ ހަމައަށް ވަނީ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓުން ބުނީ އެވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެކިނުގެ ދެ ސިޓީއަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ދެ ސިޓީއަށް އެންމެ ފުރަތަމަ ނެރުނީ ވައިޓް އެލާޓެވެ. ނަމަވެސް މޫސުން އިތުރަށް ގޯސްކަމަށް ލަފާކޮށް ފަހުން ޔެލޯ އެލާޓް ނެރުނީއެވެ.
އެ ދެ ސިޓީގެ އިތުރުން އެ އިދާރާއިން ވަނީ މިއަދު އަސުރު 3:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށް ނ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ދެކުނަށް މޫސުން އިތުރަށް ގޯސްވެ ދެސިޓީއަށް ޔެލޯ އެލާޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ