މިއަދު ރާއްޖެއަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެ ސަރަހައްދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެ ސަރަހައްދަށް މޫސުން ރަނގަޅުވާނެ ކަމަށާއި ހޯމަ ދުވަހުގެ ނިއަލަށް ރާއްޖޭގެ މޫސުން އޮންނާނީ ރަނގަޅުކޮށް ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރީގެ އަސަރުފޯރަން ފަށާނެ ކަމަށް އެއިދާރާއިން ބުނެެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައެވެ.
މިއީ ރާއްޖެއަށް ހުޅަނގުމޫސުން ލައްވާލިފަހުން މޫސުން މިހާ ރަނގަޅު ކަމަށް ފެންނަ ފުރަތަމަ ފަހަރެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވުން އެކަށީގެންވެއެވެ.
ހުޅަނގު މޫސުން ފެށިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.
ދުވަސްދުވަހުގެ މެދުކެނޑުން އައި ނަމަވެސް މެއިމަހުން ފެށިގެން ރާއްޖެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެށުމުގެ ކުރިން އަބަދުވެސް މޫސުމާ ބެހޭ ފަހުގެ މައުލޫމާތު ހޯދައި ދަތުރަށް ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.
ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ