ޖޭޕީގެ ށ ދާއިރާގެ ރައީސް އާއި ށ އަތޮޅު ކެމްޕޭން މެނޭޖަރ އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީގެ ށ. ދާއިރާގެ ރައީސް އަޙްމަދު މާހިރު އާއި ށ. އަތޮޅު ކެންޕެއިން މެނޭޖަރު ޢަބްދުﷲ ޝަފީޤް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
މި ދެބޭފުޅުން ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައެވެ.
މި ދެބޭފުޅުންވެސް އެމްޑީޕީއަށް ސޮއި ކުރެއްވީ އެމްޑީޕީޑީގެ އިސްލީޑަރު  އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައެވެ.
ޖޭޕީގެ ށ. އަތޮޅު ކެމްޕޭން މެނޭޖަރާއި ށ. ދާއިރާގެ ކެމްޕޭން މެނޭޖަރު އެމްޑީޕީއަށް ސޮއި ކުރުން
އެމްޑީޕީއާއި ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މިމަހުވެސް ސޮއިކޮށްފައިވެއެވެ.
އޭތެރެގެރޭގައި ޖޭޕީގެ ކުރީގެ ކައުންސިލް މެންބަރުން ހިމެނޭގޮތަށް ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީ ވަރުގަދަވަމުން އަންނައިރު އެ ޕާޓީން ގެންދަނީ މެންބަރުންގެ އަދަދު އިތުރު ކުރުމާއި އެކު އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ރަށްރަށުގައި އަންނަނީ އިތުރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ