އަލަށް ހަދާ ތިން ސްކޫލްގައި ކިޔަވައިދޭން ފެށޭނީ އޯގަސްޓް މަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ އޯގަސްޓް ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ފުރަތަ ޓާމް ތެރޭގައި މާލެ ސަރަހައްދުގެ ތިން ސްކޫލެއްގައި އަލަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެއީ ދަރުމަވަންތަ އާ ސްކޫލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ސަލާހުއްދީން ސްކޫލުގެ އިތުރުން ހުޅުމާލޭގައި އަޅާ ސީއެޗްއެސްއީގެ އާ އިމާރާތުގަ އެވެ.
އޭގެ އިތުރުން ދަރުމަވަންތަ ސްކޫލް ކުދިން މިހާރު ބޭނުންކުރަމުން އަންނަ އިމާރާތް އަރަބިއްޔާ ސްކޫލް ކުދިންގެ ވަގުތީ އިމާރާތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Dharumavanthaige aa imaaraiy beynun kuran feshun anekkaa ves fass koffi
The most trusted news source in the Maldives
Mihaaru
"މި ތިން ސްކޫލުގެ ކިޔެވުން އޯގަސްޓުގައި ފެށޭ އާ އަހަރުގެ ފުރަތަމަ ޓާމް ތެރޭގައި ކިޔަވައިދޭން، ދަރިވަރުން ބޭނުންކުރަން ފަށާނެ. އަރަބިއްޔާ ސްކޫލް މިހާރު ހުރި އިމާރާތުން ދަރުމަވަންތަ އިމާރާތަށް ވަގުތީ ގޮތުން ބަދަލުވާނެ،" އަހުމަދު އަލީ ވިދާޅުވި އެވެ.އަހުމަދު އަލީ ވިދާޅުވީ ދަރުމަވަންތަ އާއި ސަލާހުއްދީން ސްކޫލަށް ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުން ފިޔަވައި ހުރިހާ ގްރޭޑްތަކަކަށް މިއަދުން ފެށިގެން ފޯމް ލެވޭނެ ކަމަށެވެ. ގްރޭޑް 1 އަށް އަލަށް ވައްދާ ދަރިވަރުންގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Arabiyyaa school ge aa imaaraaiy anna aharu nimeyne: Minister
The most trusted news source in the Maldives
Mihaaru
އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ.
އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ. އެ ސްކޫލުގެ ދާއިމީ އިމާރާތް އަޅަން ހަމަޖައްސާފައިވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް މިހާރު ވަނީ ތަޅާލައިފަ އެވެ.
އާ ތިން ސްކޫލް ހުޅުވޭނީ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ތެރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ