ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރި މުވައްޒަފަކު 24 ގަޑިއިރު ތެރޭގައި ކަނޑާލައިފި

ފެނަކައިގެ ހިދުމަތް ދެމުންދިޔަ ރަށްތަކުގެ ތެރެއިން ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކޮށްފައިވާ ރަށްރަށުގެ ތެރެއިން ޅ. ކުރެންދޫގައި ފެނަކަ ބްރާންޗުން ސްޓެލްކޯއަށް ބަދަލުކުރި މުވައްޒަފަކު 24 ގަޑިއިރުތެރޭގައި ކަނޑާލައިފި އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން ވަޒީފާ ދިނުމަށްފަހު 24 ގަޑިއިރު ތެރޭގައި ވަކިކުރީ ކުރެންދޫ ފެނަކަ ބްރާންޗުގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އަލީ ހަސަން އެވެ. އޭނާ ވަނީ ފެނަކައިގައި ފަސް އަހަރު މަސައްކަތް ކޮށްފަ އެވެ. 
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
އަލީ ހަސަން އަދަދު އަށް ބުނީ އޭނާއަށް ސްޓެލްކޯގެ ވަޒީފާ ދިން ކަމުގެ އެއްބަސްވުމުގައި މި ހަފްތާ ތެރޭގައި ސޮއިކުރުމަށްފަހު، ފަހުން އައީ ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރާ މުވައްޒަފުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމުގެ ލިޔުމެއް ކަމަށެވެ. 
"ޅ. އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮސެސްއިން ހޮވިފައިވާ މުވައްޒަފުންގެ ތެރޭގައި ތިޔަ މުވައްޒަފު ހިމެނިފައި ނުވޭ،" ފެނަކައިން ފޮނުވި ޗިޓްގައި ބުނެފައިވެ އެވެ. 
ފެނަކައިގެ ދަށުން ހިންގަމުންދިޔަ ޅ. އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓެލްކޯގެ ދަަށަށް މިދިޔަ އެޕްރީލް މަހު ބަދަލުކުރުމާ ގުޅިގެން، އެ ރަށްތަކަށް ސްޓެލްކޯއިން ޒިޔާރަތްކޮށް މުވައްޒަފުންނަށް ވަޒީފާއިން ވަކިވި ކަމުގެ ލިޔުން ހަވާލުކުރަން ވަނީ ފަށާފަ އެވެ. 
ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ ސްކްރީނިން ޕްރޮސެސްއިން ހޮވިފައިވާ މުވައްޒަފުންގެ ތެރޭގައި ކުރެންދޫ ބްރާންޗުގެ ފަސް މުވައްޒަފުން ނުހިމެނޭ ކަމަށް ބުނެ ޗިޓް ވަނީ ފޮނުވާފަ އެވެ. 
މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ އެއް މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާ ދިނުމަށްފަހު އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުން ވަކިކުރުމުގައި އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއަކަށް ރިއާޔަތްކުރެ އެވެ. އެގޮތުން ޕީއެންސީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރުމަށްފަހު، އަލުން އަނބުރާ ވަޒީފާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 
ފެނަކައިން ޔޫޓިލިޓީ ހިދުމަތް ދެމުންދިޔަ ބ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތައް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު 25 ރަށުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލުވެފައިވާއިރު، އެ ހުރިހާ ރަށްތަކުން މުވައްޒަފުން ވަކިކުރާނެ ކަމަށް ބެލެވެ އެވެ. 
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ތިން މަސް ތެރޭގައި ވަކިކުރަން ޕީސީބީން ވަނީ އެސްއޯއީތަކަށް އަންގާފަ އެވެ. އެއާއެކު މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްތައް ކުންފުނިތަކުން ވަނީ ފަށައިފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ