ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިން ގައުމެއްގެ ނަން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އަމީން ޖާވީދު ފައިސަލް، ހ. އަތިރީގެ އާއި ހާލާ ހަމީދު، ހ. މީނާޒް އަދި، އާމިނަތު އަބްދުﷲ ދީދީ، ގުލްޒާރުގެ، ގދ. ތިނަދޫ އެވެ.
ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ހާލާ ހަމީދުގެ ނަމެވެ.
ޗެކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އާމިނަތު އަބްދުﷲ ދީދީ އެވެ.
ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އަމީން ޖާވިދު ފައިސަލްގެ ނަމެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ދިވެހިން އެއްވެސް ގޮތަކަށް ގޮސް ނޫޅޭ ބައެއް ގައުމުތަކަށް ވެސް ނޮން ރެޒިޑެންޓު ސަރީރުން ދަނީ އައްޔަނުކުރަމުންނެވެ. އެގޮތަށް އައްޔަނުކުރާ މީހުންގެ ފަރާތުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ.
ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ