ހުޅުމާލޭ މަގުތަކުގައި ހިނގިބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހިނގަން ހާއްސަކޮށްފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ވީލްޗެއާ ފިޔަވައި އެހެން ބާވަތެއްގެ އުޅަނދެއް ދުއްވުމާއި ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ.
އެހެންވެ އެފަދަ ތަންތަނުގައި ޕާކް ނުކުރުމަށް ފުލުހުން ރޭ އިލްތިމާސް ކުރުމަށްފަހު މިއަދު ވަނީ އެގޮތަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ހުޅުމާލޭގެ ދުވާރުތައް މަތީގައި ވެހިކަލް ޕާކުކުރުން ގިނަވެ އެކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ފުލުހުން ވަނީ އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކް ނުކުރުމަށް އަންގައިފަ އެވެ.
The most trusted news source in the Maldives
ހުޅުމާލޭގައި ޕޭވްމަންޓްތަކުގައި ޕާކްކުރުމާއި މަގުތަކުގެ ދެ ފަޅީގައި ޕާކް ކުރުމުން ދަތުރުފަތުރަށް ދަތިވުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. އަދި ފްލެޓް އިމާރާތްތަކުގެ ދެމެދުގައި މީހުން ހިނގަން ހާއްސަކޮށްފައި އޮންނަ މަގުތަކުގައި ވެހިކަލް ދުއްވުމާއި ޕާކް ކުރުމުން ފަދަ ކަންކަން ވެސް ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ހުޅުމާލޭގައި މީހުންނަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ