މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާގައި ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓުކުރަނީ ކޮން ފިކުރަކަށް އަދި ކޮން ލީޑަރަކަށް ކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ރައްޔިތުންގެ އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ އަށް ތައްޔާރުވުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޚާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއީ ޕީއެންސީގެ ޖަލްސާއެއް ކަމަށާއި، އެ ޖަލްސާގައި ރައްޔިތުން ބައިވެރިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީއަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވަން ކަމަށެވެ.
މި ޖަލްސާއަށް ރައްޔިތުން އައީމާ ދެން އިތުރަށް އޮޅުން ފިލުވާކަށް ނުޖެހޭނެ ރައްޔިތުން އެ އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވާފައި ހުރި މަސައްކަތަށް ޝުކުރުވެރިވާތީ އެކަން ޤަބޫލުކުރާތީ ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުކުރައްވާތީ. މި ޖަލްސާއަށް އައިމާ އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެ. އެއީ ޕާޓީގެ ރައީސަކީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާނެ. ދައްކަވާއިރުގައި ރައްޔިތުންނަށް އެތައް އުންމީދުތަކެއް ލިބޭނެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާއިރު، ރައްޔިތުން އެ ޖަލްސާއަށް އަންނަނީ މި ސަރުކާރުދާ މިސްރާބު ރަނގަޅުކަމުގައި ޤަބޫލުކުރެވޭތީ ކަމަށެވެ.
އަދި ޕީއެންސީގެ ވެރިކަމާއި އެކު ރައްޔިތުން ބޭނުންވާ ތަރައްގީއަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އެބައޮތް ކަމަށާއި، އެ ޔަގީންކަން ރައީސަށް ކަށަވަރުކުރުމަށްޓަކައި އެ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުން ފިލުވާކަށެއް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް އެ ވާނުވާ އެނގޭތީ. އެކަން ހިނގާ މަގު އިނގޭތީ. މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމުގައި ގަބޫލުކުރެވޭތީ. އައު އުންމީދަކާއި އައު ރޫހަކާއި ދިރުމަކާއި އެކީގައި، އައު މުސްތަގުބަލަކަށް އުންމީދު ކޮށްގެން އެ އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީގެ ސަރުކާރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީ އެމީހުން ބޭނުންވާ ތަރައްގީއަށް ވާސިލުވެވޭނެ ކަމުގެ. އެހެންވީމާ އެ ޔަގީންކަން އިތުރަށް ކަށަވަރުކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުކޮށްދިނުމަށް އެމީހުން ތިބީ ޕީއެންސީގެ ސަރުކާރާއި އެކީގައިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީގައިކަން.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ފުރުއްވާ އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ވާދަވެރި ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއްކަން އެ ރައްޔިތުން އެ ދުވަހު ސާބިތުކޮށްދޭނެ ކަމަށެވެ.
އެހެންކަމުން އެ ދުވަހު ރާއްޖޭގައި އޮތީ ކޮން ފިކުރެއްކަމާއި އެ ރައްޔިތުން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ޤަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުން 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށް އެ ޖަމާވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެރޭ ފެންނާނެ ދިވެހި ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަން. ކޮން ލީޑަރަކާއި އެކީގައިކަން. ވަރަށް ސާފުކޮށް އިރާދަކުރެއްވިއްޔާ 14 ވަނަ ދުވަހުގެ ރޭ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ ބޮޑު ހަރަކާތަށް އާންމުންނަށް ދަޢުވަތު ދިނުމުގެ ގޮތުން، ޚާއްސަ ހަރަކާތެއް ވެސް މިއަދު އެ ޕާޓީން ވަނީ ފަށައިފައެވެ.
ބޮޑު ޖަލްސާއިން ރާއްޖޭގެ ބޮޑު ފިކުރު ފެންނާނެ: އަބްދުއްރަޙީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ