ފުވައްމުލައް ސިޓީގެ މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރައްވަނީ

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާކަން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މޭޔަރު އިސްމާއީލް ވިދާޅުވީ އެ ސިޓީގެ މޭޔަރަކަށް ވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ."ތިބޭފުޅުންގެ އެހީތެރިކަމާއި އެކު ދެވަނަ ދައުރެއްގައި ތިބޭފުޅުންނަށް، ފުވައްމުލައް ސިޓީއަށް، ހިދުމަތްކުރުމުގެ އިހުލާސްތެރި ނިޔަތުގައި 2026 ވަނައަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން އަޅުގަނޑު ނިންމިވާހަކަ ފުވައްމުލަކު ލޮބުވެތި ރައްޔިތުންނާ ހިއްސާކުރަން،" އިސްމާއީލް ވިދާޅުވި އެވެ.އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވީ އިސްމާއިލް ރަފީގުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ތޯރިގާއި ޖުުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޒިޔާދު ޒަކަރިއްޔާ ހުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ